ads
(އޭސީސީ)ގެ ރައީސް އާދަމް ޝާމިލް އަދި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަޒްމިރަލްދާ ޒާހިރު
ޝާމިލާއި ދެކޮޅަށް އަޒްމިރަލްދާ ހުށައެޅި މައްސަލަ ނުބަލަން ފުލުހުން ނިންމައިފި
އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ރައީސް އާދަމް ޝާމިލްގެ މައްޗަށް ޖިނާއީ ތަހުގީގެއް ހިންގައިދިނުމަށް އެދި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަޒްމިރަލްދާ ޒާހިރު ހުށައެޅި މައްސަލަ ނުބަލަން ދިވެހި ފުލުހުންގެ ހިދުމަތުން ނިންމައިފިއެވެ.
Advertisement

ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރުގެ ގާނޫނީ ވަކީލު އިބްރާހިމް ޝަމީލް ވިދާޅުވީ އޭސީސީގެ  ރައީސް އާދަމް ޝާމިލް މައްޗަށް ޖިނާއީ ތަހުގީގެއް ހިނގައިދިނުމަށް އެދުނީ އޭނާ ދޮގު ހަދާފައިވާކަމަށް ވިދާޅުވެއެވެ.

މި މައްސަލާގައި ނިންމި ގޮތް އަންގާ ފުލުހުން ޑރ. އަޒްމިރަލްދާ ފޮނުވި ލިޔުމުގައި ބުނީ އޭނާ ހުށައެޅުއްްވި މައްސަަލާގައި ބަޔާންކޮށްފައިވާ ކަންކަމަކީ އެ މައުލޫމާތު ބަލައިގެން އިދާރާ ޖޭއެސްސީ އިން ވަޒަންކޮށް އެއާއި މެދު ގޮތެއް ނިންމުމުން ނޫނީ ޑރ. އަޒްމިރަލްދާ ބަޔާންކޮށްފައިވާ ފަދަ ޖިނާއީ ކުށުގެ އަމަލެއްގެ ގޮތުގައި ކަނޑައެޅޭނެ ފަދަ ކަމެއް ނޫންކަމަށެވެ. އެހެންކަމުން ޑރ. އަޒްމިރަލްދާ އެދުނު މައްސަަލައިގެ ތަހުގީގު ކުރިޔަށް ނުގެންދަން ނިންމާފައިވާކަމަށްވެސް ފުލުހުން ގެ ނިންމުމުގައިވެއެވެ. 

މީގެ އިތުރުން، ފަނޑިޔާރު އަޒްމިރަލްދާއަށް ދައުލަތުގެ އިސްވެރިން ނުފޫޒު ފޯރުވަން މަސައްކަތްކުރެއްވިކަމަށް ވިދާޅުވެ އެ މައްސަލާގައިވެސް ޖިނާއީ ތަހުގީގެއް ކޮށްދިނުމަށް އެދުނު މައްސަލަވެސް ނުބަލަން ނިންމިކަން ފުލުހުން ވަނީ އޭނާއަށް އަންގާފައެވެ. 

ފަނޑިޔާރު އަޒްމިރަލްދާ ހުށައެޅުއްވި މައްސަލާގައި ވަނީ ދައުލަތުގެ އިސްވެރިން ފަނޑިޔާރުންނަށް ނުފޫޒު ފޯރުވުމަށް މަސައްކަތް ކުރުމާއި ގާނޫނު އެއް ފަރާތްކޮށް ސުޕްރީމް ކޯޓު ހުއްޓުމުކަށް ގެނެސްފައިވާތީ އެ މައްސަލައިގެ ޖިނާއީ ތަހުގީގެއް ކޮށްދިނުމަށެވެ. އެ މައްސަލަ ނުބަލަން ނިންމާ ފުލުހުން  ފޮނުވި ލިޔުމުގައި ވަނީ ފަނޑިޔާރު އަޒްމިރަލްދާ ތުހުމަތު ކުރެއްވި ކަންކަން އެގޮތުގައި ހުރިކަމަށް ބެލެވޭނެ އަދި އެކަންކަމާއި ގުޅޭ ޖިނާއީ ކުށުގެ އަމަލެއް ހިންގާފައިވާކަމަށް ބަލަންކޖެހޭ އެކަށީގެންވާ ސަބަބުތަކެއް ނެތްކަމަށެވެ. އެހެންކަމުން ފަނޑިޔާރު އަޒްމިރަލްދާ އެދުނު ތަހުގީގު ކުރިޔަށް ނުގެންދިޔުމަށް ނިންމާފައިވާކަމަށްވެސް ދިވެހި ފުލުހުންގެ ހިދުމަތުން ވަނީ ބުނެފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް