ads
މިލަންދޫ
މިލަންދޫ ބަނދަރު އަޕްގްރޭޑް ކުރުމުގެ މަޝްރޫޢުގެ 53.5 ޕަސަންޓު ނިމިއްޖެ
ށ. މިލަންދޫ ބަނދަރު އަޕްގްރޭޑް ކުރުމުގެ މަޝްރޫއުގެ މަސައްކަތް ހަލުވި ދުވެލީގައި ކުރިއަށްދާކަމަށް މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރާސްޓްރަކްޗަރއިން ބުނެފިއެވެ.
Advertisement

މި މަޝްރޫޢުގެ 53.5 އިންސައްތަ މިހާރު ވަނީ ނިމިފައެވެ. މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ކުރިއަށްގެންދާ މި މަޝްރޫއުގެ އަޕްޓޭޓް ހިސާބަށް ބަލާއިރު، ބަނދަރުގެ އެއްގަމު ތޮށި މުޅިން ނިމިފައިވާއިރު، މިވަގުތު ކުރިއަށްދަނީ ބަނދަރު ފުންކުރުމުގެ މަސައްކަތާއި ރިވެޓްމެންޓް ޖެހުމުގެ މަސައްކަތްތަކެވެ.

މިނިސްޓްރީން ފާހަގަކޮށްފައިވާ ގޮތުގައި މި ބަނދަރު އަޕްގްރޭޑް ކުރުމުން ރަށުގެ އިގްތިސާދަށް ފައިދާވެ، ބޮޑެތި އުޅަނދުފަހަރު ފަސޭހައިން ބަނދަރަށް ވަދެނިކުމެވުމުގެ އިތުރުން، މަސްވެރިކަމާއި ވިޔަފާރިއަށް ފަހި ފުރުސަތުތަކެއް ހުޅުވިގެންދާނެއެވެ.

މި މަޝްރޫއުގެ ދަށުން ބަނދަރު ފުންކުރުމާއި، 213 މީޓަރު ނެރު ބްރޭކް ވޯޓަ ޖެހުމާއި، 360 މީޓަރުގެ ސޭންޑްފިލް ބްރޭކް ވޯޓަ ޖެހުމާއެކު ކޮންކްރީޓް ބްރިޖްތަކާއި މޫރިން ބޮއި ހަރުކުރުން ފަދަ ގިނަ މަސައްކަތްތަކެއް ހިމެނެއެވެ.

މިގޮތުން 9 ޑިސެމްބަރު 2022 ގައި އެމްޓީސީސީ އާއި  79.9 މިލިއަން ރުފިޔާގެ މަޝްރޫއު ހަވާލުކުރީ ނިންމުމަށް 600 ދުވަސް ދީފައިވެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް