ads
ދިރާގު ސްކޭޓް މޯލްޑިވްސްގެ ޑިވެލޮޕްމަންޓް ޕަރޓްނަރަކަށް ދެވަނަ އަހަރަށް ސޮއިކުރުން
ދިރާގުން ސްކޭޓް މޯލްޑިވްސްގެ ޑިވެލޮޕްމަންޓް ޕަރޓްނަރަކަށް ދެވަނަ އަހަރަށް ސޮއިކޮށްފި
ސްކޭޓް މޯލްޑިވްސްގެ ޑިވެލޮޕްމަންޓް ޕަރޓްނަރަކަށް ދިރާގުން މި އަހަރު ވެސް ސޮއިކޮށްފިއެވެ.
Advertisement

ދިރާގަކީ 2023 އިން 2024 ވަނަ އަހަރަށް ސްކޭޓް މޯލްޑިވްސްގެ ޑިވެލޮޕްމަންޓް ޕަރޓްނަރެއްގެ ގޮތުގައި ހަރަކާތްތެރިވެ ކާމިޔާބު މަސައްކަތްތަކެއް ކޮށްފައިވާ ކުންފުންޏެކެވެ.

މި ޕާޓްނަރޝިޕްގެ ދަށުން ރާއްޖޭގައި ގައުމީ އަދި ބައިނަލްއަގުވާމީ ފެންވަރުގައި ތަފާތު މުބާރާތްތައް ބޭއްވުމަށް އެހީތެރިކަން ފޯރުކޮށްދީ، ދިވެހިރާއްޖޭގައި ސްކޭޓިންގ ކުރިއެރުވުމަށް ދިރާގާއި ސްކޭޓް މޯލްޑިވްސް ގުޅިގެން ގިނަ މަސައްކަތްތަކެއް ކުރުމަށް ވަނީ ހަމަޖެހިފައެވެ.

ދިރާގުގެ ޑިރެކްޓާ ބްރޭންޑް އެންޑް މާކެޓިން ކޮމިއުނިކޭޝަންސް، މުހައްމަދު މިރްޝާން ހަސަން ވިދާޅުވީ "ދިރާގާއި ސްކޭޓް މޯލްޑިވްސްއާ ދެމެދު އޮތް ޕަރޓްނަރޝިޕް ދަމަހައްޓައި، ކުރިއަށް އޮތް ޖީލުތަކުގެ ސްކޭޓަރުން އުފެއްދުމުގައި ބައިވެރިވުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް" ކަމަށެވެ. އަދި "ޒުވާނުން ޝައުގުވެރިވާ ދާއިރާތަކުން ކުރިއަށްދިއުމުގެ މަގުތައް ހުޅުވައިދީ، ތަރައްގީގެ ފުރުސަތުތައް ފަހިކޮށްދިނުމަކީ އަޅުގަނޑުމެން ވަރަށް ބޮޑު އިސްކަމެއްދޭ ކަމެއް" ކަމަށް ވިދާޅުވިއެވެ.

ސްކޭޓް މޯލްޑިވްސްގެ ރައީސް، މުހައްމަދު ހާނިމް ވިދާޅުވީ "ރާއްޖޭގައި ތަފާތު ކުޅިވަރުތައް ކުރިއެރުވުމަށް، ހާއްސަކޮށް ސްކޭޓިންގ ކުރިއެރުވުމަށް ދިރާގުން ކުރަމުންގެންދާ މަސައްކަތްތައް ފާހަގަކޮށް މި ފުރުސަތުގައި ޝުކުރު އަދާކުރަން" ކަމަށެވެ. އަދި "އަޅުގަނޑުމެންގެ އުންމީދަކީ ދިރާގާއެކު މި އޮތް ޕަރޓްނަރޝިޕް އިތުރަށް ވަރުގަދަކޮށް، އިތުރު ކާމިޔާބީތައް ހާސިލުކުރުން" ކަމަށް ވިދާޅުވިއެވެ.

ސްކޭޓް މޯލްޑިވްސްއަކީ ދިވެހިރާއްޖޭގައި ރަޖިސްޓަރީކޮށްފައިވާ ސްކޭޓިންގ އާއި ބެހޭ ގައުމީ އެސޯސިއޭޝަންއެވެ. 2023 ވަނަ އަހަރު، މި އެސޯސިއޭޝަންއިން ވަނީ ވޯލްޑް ސްކޭޓްގެ ޕްރޮވިޝަނަލް އެފިލިއޭޓް މެމްބަރުކަން ހާސިލުކުރުމަށްފަހު، އެއް އަހަރުގެ ކުރު މުއްދަތެއްގެ ތެރޭގައި ވޯލްޑް ސްކޭޓްގެ މެމްބަރުކަން 2024 ވަނަ އަހަރު ހާސިލުކޮށްފައެވެ.

ދިރާގަކީ، ރާއްޖޭގައި ސްކޭޓިންގ ފަދަ ކުޅިވަރުތައް ތަރައްގީކޮށް ކުރިއެރުވުމަށް އަދި ކުޅިވަރު ކުޅޭ ފަރާތްތަކަށް އިތުރު ފުރުސަތުތައް ހޯދައިދިނުމަށް ކުރާ ކަންކަމުގައި އެންމެ ކުރީ ސަފުގައި ބައިވެރިވެ، ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކުންފުންޏެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް