
ރައީސް މުއިއްޒު މިފަދައިން ވިދާޅުވީ، މިއަދު ހެނދުނު ރައީސް އޮފީހުގައި ސައުދީ ޢަރަބިއްޔާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މަތުރެކް ބިން ޢަބްދުالله އަލްއަޖަލީން އަލް-ދޯސަރީ، ވަދާޢީ ޒިޔާރަތެއް ކުރެއްވި ބައްދަލުވުމުގައެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިވެފައިވާކަން ފާހަގަކުރައްވައި، ސަފީރުގެ ދައުރުގައި ދެއްވި މުހިންމު އެއްބާރުލެއްވުމަށް ޝުކުރު އަދާކުރެއްވިއެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގައި މިގުޅުން އިތުރަށް ބަދަހިވެގެންދާނެކަމަށް އުއްމީދުކުރައްވާކަމަށް ވިދާޅުވިއެވެ.
ރައީސް މުޢިއްޒު މެއި މަހު ޢުމްރާއަށް ކުރެއްވި ދަތުރުފުޅުގައި ސަޢުދީ ސަރުކާރުގެ ފަރާތުން ދެއްވި މެހެމާންދާރީގެ ހަނދާންތައްވެސް މި ބައްދަލުވުމުގައި އައުކުރެއްވިއެވެ.
ބައްދަލުކުރެއްވުން ނިމުނުއިރު، ރާއްޖެއާއި ސައުދީ އަރަބިއްޔާއާ ދެމެދު ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް މަސައްކަތްކުރައްވާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާއާއި ސަޢުދީ ޢަރަބިއްޔާގެ ސަފީރު ދެއްވިއެވެ.
ދިވެހިރާއްޖެއިން ސަޢުދީ ޢަރަބިއްޔާއާއެކު ހާރިޖީގުޅުން ގާއިމުކޮށްފައިވަނީ 17 މާރިޗު 1981 ގައެވެ.، މިއަހަރު މި ގުޅުމަށް 44 އަހަރު ފުރިފައިވާކަން ފާހަގަކޮށްލެވެއެވެ.