ads
ގައިދީން: -
ދަތިހާލުގައި އުޅޭ ގައިދީންގެ އާއިލާތަކަށް އެހީތެރިކަންފޯރުކޮށްދީފި
ކަރެކްޝަނަލް ސަރވިސްގެ އޮފިސަރުންނާއި މުވައްޒަފުން ފައިސާ އެއްކޮށްގެން، ރޯދަ މަހާ ގުޅުވައިގެން ދަތި ހާލުގައި އުޅޭ ގައިދީންގެ 10 އާއިލާއަކަށް އެހީތެރިކަން ފޯރުކޮށްދީފިއެވެ.
Advertisement

މިގޮތުން ކޮންމެ އާއިލާއަކަށް 2,220 ރުފިޔާގެ މަގުން ޖުމުލަ 22,200 ރުފިޔާ ވަނީ ފޯރުކޮށްދީފައެވެ.

ކަރެކްޝަންސްއިން ބުނީ ރޯދަ މަހުގެ ހާއްސަ އެހީ ފޯރުކޮށްދޭ ޕްރޮގްރާމްގެ މައިގަނޑު މަގްސަދަކީ ޖަލުގައި ތިބޭ ގައިދީންނާއި ބަންދުމީހުންގެ އާއިލާތަކުގެ ތެރެއިން މާލީގޮތުން ފުދުންތެރިކަން ދަތި އާއިލާތަކަށް ކަރެކްޝަނަލް ސާވިސްގެ މުވައްޒަފުންގެ ފަރާތުން ވެދެވެން ހުރި މާލީ އެހީތެރިކަން ފޯރުކޮށްދިނުން ކަމަށެވެ. މި ޕްރޮގްރާމްގެ ދަށުން 40 އާއިލާއަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ކަރެކްޝަންސްއިން އަމާޒުކޮށްފައިވީނަމަވެސް، އެހީއަށް އެދި ފޯމް ހުށަހެޅީ ޖުމުލަ 21 ފަރާތުންނެވެ.

ކަރެކްޝަންސްއިން އިތުރަށް ބުނީ މި އެހީ ލިބުމަށް ކަނޑައެޅިފައިވާ ޝަރުތުތަކުގެ ތެރޭގައި ޖަލުގައި ހުކުމް ތަންފީޒުކުރަމުން ގެންދާތާ މަދުވެގެން 5 އަހަރު ހޭދަކޮށްފައިވުމާއި 18 އަހަރު ނުފުރޭ ކުދިން ތިބުމާއި އާމްދަނީ ލިބޭ މިންވަރު ހިމެނޭ ކަމަށެވެ. އަދި ހުށަހެޅި ފަރާތްތަކުގެ ތެރެއިން މި ޝަރުތުތައް ހަމަވެފައިވަނީ ޖުމުލަ 10 އާއިލާ ކަމަށްވެސް ކަރެކްޝަންސްއިން ބުނެފައިވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް