ads
އެމެރިކާގެ ވިޔަފާރި ބަނދަރެއް
އެމެރިކާއަށް ގެންނަ ޗައިނާގެ މުދަލުން 104 ޕަސަންޓުގެ ޑިއުޓީ ނަގަން ފަށައިފި
އެމެރިކާއިން ޗައިނާގެ މުދަލަށް 104 ޕަސަންޓުގެ ޑިިއުޓީ ނުވަތަ ޓެރިފް ނެގަން މިއަދު ފަށައިފިއެވެ.
Advertisement

މިއީ ދުނިޔޭގެ އެންމެ ބޮޑު ދެ އިގުތިސާދުގެ ދެމެދުގައި ކުރިން ފެށިފައިވާ ވިޔަފާރީގެ ހަނގުރާމަ އިތުރަށް ހަލަބޮލިކޮށްލިވި ފިޔަވަޅެކެވެ. ވައިޓް ހައުސްއިން އިއްޔެ ލަސްވަގުތެއްގައި މިކަން ކަށަވަރުކޮށްދިނެވެ. މިގޮތަށް ފިޔަވަޅު އެޅުމަށް ނިންމީ ޗައިނާއިން ކުރިން ތައާރަފުކޮށްފައިވާ 34 ޕަސަންޓުގެ ޓެރިފް އުވާލަން އިންކާރުކުރުމާ ގުޅިގެންނެވެ. މި ނިންމުމާއެކު ދުނިޔޭގެ މާކެޓުތަކަށް ބޮޑެތި އަސަރުތަކެއް ކުރަން ވަނީ ފަށައިފައެވެ.

ޖޯޖްޓައުން ޔުނިވަރސިޓީގެ ޓްރޭޑް ޕޮލިސީ އެކްސްޕާޓް ޑރ. އެލެން ކާވާ ވިދާޅުވީ، "މިއީ އިކޮނޮމިކް ޗިކަން ގޭމެއް" ކަމަށާއި "ދެފަރާތުންވެސް އަނެއް ފަރާތުން ފުރަތަމަ ފަހަތަށް ޖެހޭނެކަމަށް ބެޓްކުރަމުން މިދަނީ އެހެންނަމަވެސް މީގެ ގެއްލުން ވަރަށް ބޮޑުވެދާނެ" ކަމަށެވެ.

އެމެރިކާގެ މި އާ ޓެރިފްތައް އަމާޒުކޮށްފައިވަނީ އިލެކްޓްރޯނިކްސް އަދި އިންޑަސްޓްރިއަލް އާލާތްތައް ފަދަ ޗައިނާއިން އެންމެ ގިނައިަން އެކްސްޕޯޓްކުރާ ބާވަތްތަކަކަށެވެ. މިކަމާ ގުޅިގެން ބެއިޖިންއިން ދިގު މުއްދަތެއްގެ ހަނގުރާމައަކަށް ތައްޔާރުވަމުންދާކަން ދައްކުވައިދޭ އިޝާރާތްތަކެއް ކޮށްފައިވެއެވެ. ޗައިނާގެ ދައުލަތުގެ މީޑިއާއިން ވަނީ ޗައިނާގެ ވިޔަފާރިތަކުގެ ކެރިފޯރުންތެރިކަން ފާހަގަކޮށް، ޗައިނާގެ މެނުފެކްޗަރަރުން ގެއްލުންވާނެކަމުގެ އިންޒާރު ދީފައެވެ. ގިނަ ކުންފުނިތަކުން މިހާރު ބޭރު މާކެޓުތަކަށް އެކްސްޕާންޑްވުމަށް ރާވަމުންދާކަން ފާހަގަކުރެވެއެވެ. މިއީ ދުނިޔޭގެ ސަޕްލައި ޗެއިންތައް އަލުން ބައްޓަންކުރުވައިފާނެ ބަދަލެކެވެ.

ޗައިނާގެ ކޮމާސް މިނިސްޓްރީން މި ޓެރިފްތައް "ރެކްލެސް އަދި ޝޯޓްސައިޓެޑް" ކަމަށް ބުނެ ކުށްވެރިކޮށްފައިވެއެވެ. އަދި އެ ގައުމުގެ މަސްލަހަތުތައް ހިމާޔަތްކުރުމަށް މަސައްކަތްކުރާނެކަމަށާއި އިތުރު ފިޔަވަޅުތަކެއް އަޅައިފާނެކަމުގެ ހިންޓެއް ދީފައިވެއެވެ. މި ދެމެދުގައި، އެމެރިކާގެ ކަސްޓަމަރުންނާއި ވިޔަފާރިތަކަށް މިހާރު ކުރިމަތިވެފައިވަނީ އަގުބޮޑުވުމާއި ސަޕްލައި ލައިންތަކަށް ދަތިތަކެއް ކުރިމަތިވުމުގެ ނުރައްކަލެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް