
ތ. އަތޮޅުގައި މި ހިދުމަތް ފެށުމަށް ނިންމާފައިވަނީ ތ. ވޭމަންޑޫގައެވެ. އަދި ނ. އަތޮޅުގައި މި ހިދުމަތް ފެށުމަށް ނިންމާފައިވަނީ ނ. ވެލިދޫގައެވެ.
ހެލްތް މިނިސްޓްރީން މި ހިދުމަތް ފެށުމަށް މިހާރު ދަނީ ތައްޔާރުވަމުންނެވެ. އަންނަ ހަފްތާގައި މި ހިދުމަތް ފެށުމަށް ވަނީ ނިންމާފައިކަމަށް ވެސް އެ މިނިސްޓްރީން ބުނެއެވެ. ޑަޔަލިސިސްގެ ހިދުމަތް އެންމެ ފަހުން ފަށާފައިވަނީ ހއ. އިހަވަންދޫގައެވެ. މިހާރު ޑަޔަލިސިސްގެ ހިދުމަތް ނުފެށި ހުރީ އއ. އަތޮޅާއި އދ. އަތޮޅާއި ވ. އަތޮޅާއި މ. އަތޮޅާއި ފ. އަތޮޅުގައި އެކަންޏެވެ.
ސަރުކާރުގެ އަމާޒަކީ މި ދައުރުގެ ތެރޭގައި ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ޑަޔަލިސިސްގެ ހިދުމަތް ލިބޭނެގޮތް ހެދުމެވެ. މިގޮތުން ޑަޔަލިސިސްގެ ހިދުމަތް ނުލިބޭ އަތޮޅުތަކުގައި މި ހިދުމަތް ފެށުމަށް ހެލްތް މިނިސްޓްރީން ދަނީ މަސައްކަތް ކުރަމުންނެވެ.
ޑަޔަލިސިސްގެ ހިދުމަތް ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ލިބުމުން ކިޑްނީގެ ބަލިތަކަށް ފަރުވާ ހޯދުމަށް މާލެއަށް ދަތުރުކުރަންޖެހޭ މިންވަރު މަދުވެގެންދާނެއެވެ.