ads
ފެންވެރުން
ނިދުމުގެ ކުރިން ފެންވަރާ މީހުންގެ އުމުރު ދިގުވޭތަ؟
ނަމަވެސް ނިދުމުގެ ކުރިން ފެންވެރުމަކީ ގިނަ ފައިދާތަކެއް ލިބޭކަމެކެވެ.
Advertisement

ނިދުމުގެ ކުރިން ފެން ވަރައިލުމުން ނިދި ރަނގަޅުވުމުން ހައި ބްލަޑް ޕްރެޝާ އަދި ޑިޕްރެޝަން ފަދަ ބަލިތަކުން ރައްކާތެރިވެ، ޖުމްލަކޮށް ސިއްހަތު ރަނގަޅުވުމަށް މަގުފަހިވެއެވެ. 

ނިދުމުގެ ކުރިން ފެންވަރާލުމަކީ ކުރަން ފަސޭހަ، ރިސްކް ކުޑަ އާދައެއްކަމަށްވާތީ، ނިދުމުގެ 90 މިނެޓް ކުރިން ހޫނު ފެނުން ފެންވަރާލުމަކީ ނިދި ރަނގަޅުކުރުމަށް ކުރެވިދާނެ ކަމެކެވެ.

ނިދުމުގެ ކުރިން ފެންވަރާލުމުން ނިދުމުގެ ފެންވަރު ރަނގަޅުވާކަން ދިރާސާތަކުން ދައްކައެވެ. 2019 ވަނަ އަހަރު ކުރެވުނު ދިރާސާއަކުން ދައްކާގޮތުގައި ނިދުމުގެ 1-2 ގަޑިއިރު ކުރިން ތާފަނާ ފެނުން ނުވަތަ 104-109 ޑިގްރީ ފެރެންހައިޓް ހޫނުމިނުގައި މަދުވެގެން 10 މިނެޓަށް ފެންވަރާލުމުން ނިދަން ފަސޭހަވެ، ނިދި ރަނގަޅުވެއެވެ. މިގޮތަށް ނިދި ރަނގަޅުވުމުން ހަށިގަނޑުގެ ސިއްހަތަށް ގިނަގުނަ ފައިދާތަކެއް ކުރެއެވެ.

ތާފަނާ ފެނުން ފެނުން ފެންވަރާލުމުން ހަށިގަނޑުގެ ހޫނުމިން މައްޗަށް ގޮސް، އޭގެ ފަހުން ހަށިގަނޑު ފިނިވާން ފެށުމުން ނިދަން ސިގްނަލް ލިބޭކަމަށް ސައިންސްވެރިން ބުނެއެވެ. މިއީ ހަށިގަނޑުގެ ސާކޭޑިއަން ރިދަމާ އެއްގޮތަށް ހިނގާ ކަމެކެވެ. އަދި އެހެން ދިރާސާއަކުން ދައްކާގޮތުގައި ހޫނު ފެނުން ފެންވަރާލުމުން އުމުރުން ދުވަސްވީ މީހުންގެ ލޭގެ ޕްރެޝަރު ދަށްވެއެވެ. މިކަމުން ހިތުގެ ސިއްހަތަށް ފައިދާކޮށް، ނިދި ރަނގަޅުވުމަށް މަގުފަހިވެއެވެ.

ނަމަވެސް، ނިދުމުގެ ކުރިން ފެންވަރާލުމާއި އުމުރު ދިގުވުމާ ސީދާ ގުޅުމެއް އޮތްކަން ދިރާސާތަކުން ސީދާ ސާބިތުވެފައެއް ނުވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް