ads
ފައްޔާޒު އަދި ރައީސް ސޯލިހު
އެމްޑީޕީން ކޮންގްރެސްއަށް ތައްޔާރުވާއިރު، ވާދަވެރިކަން ބޮޑު
އެމްޑީޕީގެ ކޮންގްރެސް ބޭއްވުމަށް ތައްޔާރުވަމުން އަންނައިރު އެ ޕާޓީގެ އެތެރޭގެ ވާދަވެރިކަން ބޮޑުވެއްޖެއެވެ.
Advertisement

އެމްޑީޕީން އަންނަނީ އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްއެއް ބޭއްވުމަށް މަސައްކަތް ކުރަމުންނެވެ. އެ ކޮންގްރެސްގެ ބޭނުމަކީ ރިޔާސީ އިންތިހާބުގެ ޓިކެތުގެ މަސައްކަތް ކުރުންކަމަށް ވެސް އެމްޑީޕީގެ އިސް އޮފިޝަލުން ވަނީ ބުނެފައެވެ. 

ކޮންގްރެސްއަށްފަހު އޮަންނަ ޕްރައިމަރީގައި ވާދަކުރާނެކަމަށް މިހާތަނަށް ބެލެވެނީ ފައްޔާޒުއާއި، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ޓީމެވެ. 

ޕާޓީގެ އެތެރޭގައި ޕްރައިމަރީގެ ވާދަވެރިކަން ބޮޑުވެފައިވާއިރު، ރައީސް ނަޝީދު ވަނީ އެމްޑީޕީއާއި ދަ ޑިމޮކްރެޓްސް ޕާޓީ އެއްކޮލުމަކީ މިވަގުތު ގައުމަށް އެންމެ ފައިދާ ހުރި ގޮތްކަމަށް ވިދާޅުވެފައެވެ. އަދި ރައީސް ނަޝީދުގެ އެ ހިޔާލުފުޅަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ވަނީ ތާއީދު ކުރައްވާފައެވެ.

އެޑިޓަރުގެ ނޯޓު: މި ހަބަރަށް ވަނީ 9 އޭޕްރީލް 2025 ވަނަ ދުވަހު 19:09 ގައި ބައެއް ބަދަލުތައް ގެނެވިފައެވެ. 

56%
ކަމުގޮސްފި
22%
އަޑުއެހިތާ މިހުރީ
22%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް