ads
ބަންގާޅު ކަނޑުގައި އުފެދިފައިވާ ކޮޅިގަނޑު ރާއްޖެ މައްޗަށް އަރާފައި
ރާއްޖެއަށް މޫސުން ގޯސްވީ ބަންގާޅު ކަނޑުގައި އުފެދިފައިވާ ކޮޅިގަނޑެއްގެ ސަބަބުން
މިވަގުތު ރާއްޖޭގައި ކުރިމަތިވެފައިވާ މޫސުން ގޯސްވުމަކީ ބަންގާޅު ކަނޑުގައި އުފެދިފައިވާ ލޯ ޕްރެޝަރއެއްގެ ސަބަބުން ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އިން މިއަދު ބުނެފިއެވެ.
Advertisement

މެޓުން ބުނީ މި މަހުގެ 9، 10 އަދި 11 ވަނަ ދުވަހާ ހަމައަށް މުޅި ރާއްޖެއަށް މޫސުން ގޯސްވެ، 12 ވަނަ ދުވަހު ކެރީގެ އަސަރު ހުންނާނެއެވެ. މޫސުން އަލުން ރަނގަޅުވާނެ ކަމަށް ލަފާކުރެވެނީ މިމަހު 13 ވަނަ ދުވަހުއެވެ.

މިދިޔަ 24 ގަޑިއިރުގެ ތެރޭގައި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ބޯކޮށް ވާރޭވެހިފައިވާއިރު، އެންމެ ބޮޑަށް ވާރޭވެހިފައިވަނީ ލ. ކައްދޫއަށެވެ. މެޓްގެ ރެކޯޑުތަކުން ދައްކާގޮތުން، ކައްދޫއަށް 159.5 މިލިމީޓަރުގެ ވާރޭވެހިފައިވެއެވެ. މި ދުވަސްވަރު ގަދަވެފައިވާ ވިއްސާރަވިލާތަކުގެ ސަބަބުން ގުގުރައި، ގަޑިއަކު 40 މޭލަށް ވައި ގަދަވާނެ ކަމަށް މެޓް އިން ލަފާކޮށްފައިވެއެވެ.

މެޓް އޮފީހުން ކުރިންވެސް މޫސުން ގޯސްވުމާ ގުޅިގެން ސަމާލުކަން ދިނުމަށް އިންޒާރުދީފައިވާއިރު، މިއަދުގެ 15:30 އާ ހަމައަށް ކ. އަތޮޅުން ފެށިގެން ގދ. އަތޮޅަށް ވައިޓް އެލާޓް ނެރެފައިވެއެވެ. ދިވެހިން މި ދުވަސްވަރު ކަނޑުދަތުރުފަތުރު ކުރާއިރު އިތުރަށް ސަމާލުވުމަށް މެޓް އިން ވަނީ އިލްތިމާސްކޮށްފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް