މި ބަދަލު ގެނެސްފައިވަނީ އޭވްސެކަމް އޮފިސަރުންގެ މަސައްކަތު ގަޑިއާއި، ޗުއްޓީ އަދި ބަންދު ދުވަސްތަކާއި ހިންގުމުގެ އިސްފަންތީގެ މުވައްޒަފުން އަމަލުކުރަންޖެހޭ ގޮތުގެ ގަވައިދަށް ހޯމަ ދުވަހު ގެނެސްފައިވާ އެއްވަނަ އިސްލާހާ އެކުގައެވެ.
މި އިސްލާހުގައި ރޯދަ މަހުގައި އޮފިސަރުންނަށް އިތުރު ލުއިތަކެއް ލިބޭނެ ގޮތް ހަމަޖައްސާފައިވާކަން ވެސް ފާހަގަކޮށްފައިވެއެވެ. މީގެ އިތުރުން، އޯވަޓައިމް ނުވަތަ އިތުރު ގަޑީގެ ގޮތުގައި ހިސާބުކުރާނީ ދުވާލަކު 6 ގަޑިއިރަށްވުރެ އިތުރަށް މަސައްކަތްކުރަން ޖެހި، ހުއްދަ ލިބިގެން މަސައްކަތްކުރާ ވަގުތަށެވެ.
އެދުވަހަކު މަސައްކަތަށް ހާޒިރުވާންޖެހޭ ވަގުތަށްވުރެ 3 ގަޑިއިރު ލަސްވެއްޖެނަމަ، އެއީ މަސައްކަތް ނުކުރާ ދުވަހެއްގެ ގޮތުގައި ބަލައި ހުއްދަދެވޭނެ ކަމަށް ވެސް ފާހަގަކޮށްފައިވެއެވެ.