ދަރިންގެ ހަރަދު ނުދޭ މީހުންގެ މައުލޫމާތު ފުރަތަމަ ފަހަރަށް ފެމިލީ ކޯޓުން މިއަދު އާއްމު ކުރަން ފެށިއިރު، ބައެއް މެޖިސްޓްރޭޓް ކޯޓުތަކުން އެ މައުލޫމާތު މީގެ ކުރިން އާއްމު ކުރިއެވެ.
ފެމިލީ ކޯޓުން މިއަދުވަނީ ދަރިންނަށް ހަރަދު ނުދޭ މީހެއްގެ މައުލޫމާތު ފޮޓޯއާއެކު އާއްމުކޮށްފައެވެ.
ދަރިންނަށް ހަރަދު ދިނުމަށް ކޯޓުން ހުކުމް ކުރުމުން ހަރަދު ނުދީ އުޅޭ މީހުންނަކީ ސާބިތު ހަރަދަށް ފައިސާ ނުދައްކާ މީހެއް ކަމަށްވީނަމަވެސް އެފަދަ މީހުންގެ މައުލޫމާތު މިހާތަނަށް ފެމިލީކޯޓުން އާންމުކޮށްފައެއް ނުވެ އެވެ. އެކަމަކު އާއިލާއާ ބެހޭ ގަވައިދު އެކުލަވާލާފައިވަނީ އެފަދަ މީހުންގެ މައުލޫމާތު އާންމުކުރެވޭ ގޮތަށެވެ.