ads
close
ރައްޔިތުންގެ ސީދާ ބާރުވެރިކަމަށް
ދައުލަތުގެ އޮނިގަނޑު ފުރޮޅާލުން
edheyraajje.mv #beynenmabeynun #edheyraajje
މާލޭ މަގުތަކުގައި ހުރި ވެހިކަލްތައް ސިޓީ ކައުންސިލުން ނަގަނީ
ރޯޑް ވާދިނަސް ނެތި މާލޭގައި ދުއްވާ ވެހިކަލްގެ އަދަދު 71،868 އަށް އަރައިފި
ރޯޑް ވާދިނަސް ނެތި މާލޭގައި ދުއްވާ ވެހިކަލްގެ އަދަދު 71،868 އަށް އަރައިފިކަން ފާހަގަކޮށް، މާލެ ސިޓީ ކައުންސިލުން ކުރި ދިރާސާއެއްގައި ހާމަކޮށްފި އެވެ.
Advertisement

އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް) ހަވާލުކޮށްގެން ކުރި މި ދިރާސާއިން އެނގޭ ގޮތުގައި މާލެ ސަރަހައްދުގައި ބޭނުންކުރަމުންދާ 119،093 ވެހިކަލްގެ ތެރެއިން އެންމެ 23.5 ޕަސަންޓު ވެހިކަލް އެކަނި ދުއްވަނީ ރޯޑް ވާދިނަސް ފުރިހަމަކޮށްގެން ކަމަށް ދައްކައެވެ.

ޓްރާންސްޕޯޓު މިނިސްޓްރީއާއި ކަމާގުޅުންހުރި އެހެނިހެން އިދާރާތަކުން މައުލޫމާތު އެއްކޮށްގެން ތައްޔާރުކޮށްފައިވާ ރިޕޯޓުގައި ބަޔާންކޮށްފައިވަނީ ރޯޑް ވާދިނަސް ނެތި މާލެ ސަރަހައްދުގައި އެހާ ގިނަ އަދަދަކަށް ވެހިކަލް ދުއްވަމުންދަނީ ގާނޫނާއި ގަވާއިދު ރަނގަޅަށް ތަންފީޒު ނުކުރެވޭތީކަމަށެވެ. ސައިކަލުތަކުގެ ތެރެއިން އެންމެ 21 ޕަސަންޓު އެކަނި ރޯޑް ވާދިނަސް ފުރިހަމަކޮށްގެން ދުއްވާއިރު، ކާރުތަކުގެ 52.8 ޕަސަންޓު ރޯޑް ވާދިނަސް ފުރިހަމަކޮށްގެން ދުއްވާކަމަށް ދިރާސާއިން ހާމަކުރެ އެވެ.

ދިރާސާއިން ހާމަކޮށްފައިވާ ގޮތުގައި މާލެ ސަރަހައްދުގައި މިހާރު ދިރިއުޅޭ 263،629 މީހުންގެ ތެރެއިން ކޮންމެ 1000 މީހަކަށް 473 ވެހިކަލް މިހާރު ބޭނުންކުރަމުންދާއިރު، މި އަދަދު 321 ވެހިކަލަށް ދަށްކުރުމަށްވެސް ހުށަހަޅާފައިވެއެވެ. ޖުމުލަ ގޮތެއްގައި މާލެ ސަރަހައްދުގައި ދުއްވާ ވެހިކަލްގެ އަދަދު 119،472 ކަމަށާއި، މާލޭގެ ކެރީން ކެޕޭސިޓީ ނުވަތަ މާލެ ސަރަހައްދަށް ރެޖިސްޓްރީކުރެވޭނެ ވެހިކަލްގެ އަދަދު 89،413 ގައި ހިފެހެއްޓުމަށް ދިރާސާގައި ހުށަހަޅާފައިވެއެވެ. މީގެއިތުރުން މި އަދަދާ އެއްވަރަށް ވެހިކަލްގެ އަދަދު މަދުކުރުމަށްޓަކައި ރޯޑް ވާދިނަސް ނުހައްދާ ވެހިކަލްތައް ދުއްވުން މަނާކުރުމަށްވެސް ހުށަހަޅާފައިވެ އެވެ.

67%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
33%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް