ads
ރައްޔިތުންގެ މަޖިލިސް
މަޖިލިސް ޖަލްސާ ނެތަސް މަސައްކަތް ނުހުއްޓޭ: ލީޑަރުން
ޖަލްސާ ނެތަސް މަސައްކަތް ނުހުއްޓޭކަމަށް ރައްޔިތުން މަޖިލީހުގެ ޕީޖީ ލީޑަރުން މިއަދު ވިދާޅުވެއްޖެއެވެ.
Advertisement

އިއްޔެއާއި މިއަދުގެ މަޖިލީހުގެ ޖަލްސާ ނުބޭއްވި ނަމަވެސް ކޮމިޓީ މަރުހަލާގައި މަސައްކަތްތައް ނުހުއްޓި ކުރިއަށްދާކަން ޕާލިމެންޓަރީ ގްރޫޕްތަކުގެ ލީޑަރުން ފާހަގަކުރިއެވެ. 

ސަރުކާރުގެ މައި ޕާޓީ ޕީއެންސީގެ ޕީޖީ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާހު ވިދާޅުވީ މަޖިލީހުގެ ޖަލްސާ ނުބޭއްވުނު ނަމަވެސް ކޮމިޓީގެ ބައްދަލުވުންތައް މިދަނީ ކުރިއަށް ކަމަށެވެ. ފަލާހު ފާހަގަކުރެއްވި ގޮތުގައި މީގެ ކުރިން ވެސް މަޖިލިސް ޗުއްޓީއަށް ދިޔައިރު ޗުއްޓީގެ 50 ޕަސަންޓު މެންބަރުން ހޭދަކުރީ މަސައްކަތުގައެވެ. ހަމައެއާއެކު އިދިކޮޅު އެމްޑީޕީގެ ޕީޖީ ލީޑަރު އަދި ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ނާޒިލް ވެސް ވިދާޅުވީ ކޮމިޓީގެ މަސައްކަތްތައް މިހާރުވެސް ކުރިއަށްދާ ކަމަށެވެ.

އެހެންނަމަވެސް، ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު މީކާއިލް އަހުމަދު ނަސީމް ތުހުމަތުކޮށްފައިވަނީ ސަބަބެއް ނާންގާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ނުބާއްވަނީ ސީދާ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަމުރުފުޅަށް ކަމަށެވެ. ރޯދަ މަހުގެ ފަހު 10ގެ ބަންދާއި، އީދު ބަންދަށްފަހު މަޖިލީހުގެ މަސައްކަތްތައް ހޯމަ ދުވަހު ފެށުނު ނަމަވެސް، އެއަށްފަހު މަޖިލީހުގެ ޖަލްސާތައް ވަނީ ކެންސަލްކޮށްފައެވެ. ޖަލްސާތައް ކެންސަލްކުރުމާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް