ads
ކެންދޫ ދާއިރާގެ ކުރީގެ މެންބަރު އަލީ ހުސެން: ފޮޓޯ ރަސް
ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު ބޭއްވުމަށް ދިރާސާކުރަންޖެހޭ: އަލީ ހުސެން
ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު ދެ އިންތިހާބު ބޭއްވުމުގެ ކަންތައް ދިރާސާކުރަންޖެހޭކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ ކުރީގެ މެމްބަރު އަލީ ހުސެން ވިދާޅުވެއްޖެއެވެ.
Advertisement

ރާއްޖެޓީވީގެ ޕްރޮގްރާމެއްގައި ވާހަކަފުޅު ދައްކަވަމުން އަލީ ހުސެން ވިދާޅުވީ ރިޔާސީ އިންތިހާބަށްފަހު ޖެހިގެން މަޖިލިސް އިންތިހާބު ބޭއްވުމުން މިހާރު ފެންނަމުންދާ މައްސަލަތައް ދިމާވަނީ އެހެންވެގެންތޯ ބަލަންޖެހޭކަމަށެވެ.

އަލީ ހުސެން ވިދާޅުވީ ރިޔާސީ އިންތިހާބު ކާމިޔާބުކުރާ ބަޔަކު މަޖިލިސް މެޖޯރިޓީ ހޯދުމަށް ރައްޔިތުންގެ ކައިރީ އެދޭ މަންޒަރު ފެންނަމުންދާކަމަށެވެ. އެހެންނަމަވެސް ރައީސުލްޖުމްހޫރިއްޔާއަށް މަޖިލިސް މެޖޯރިޓީ ހިލޭ ތަބަކަކަށްލައިފައި ދިނުމުން ގައުމު އަނބުރާ ދެވުނީކަމަށް އަލީ ހުސެން ވިދާޅުވިއެވެ. އަދި މިކަމުން ދިވެހި ރައްޔިތުން ހިތި ތަޖުރިބާތަކެއް ކޮށްފައިވާކަމަށާއި މިއީ ރައްޔިތުން ވިސްނާލަންޖެހޭ ކަމެއްކަމަށްވެސް އަލީ ހުސެން ފާހަގަކުރެއްވިއެވެ.

ދައުލަތުގެ އެއްވެސް މުއައްސަސާއެއް މިނިވަން ނުކުރެވޭނޭކަމަށާއި، "ރައްޔިތުންގެ މަޖިލިސް މިނިވަން ތަނެއްގެ ގޮތުގައި އޮވެގެން މެނުވީ ޖުޑިޝަރީވެސް މިނިވަން ނުކުރެވޭނެކަމަށް،" ވެސް އަލީ ހުސެން ވިދާޅުވިއެވެ.

މިހާރުވެސް ގާނޫނީ ގޮތުން ރައީސުލްޖުމްހޫރިއްޔާ މަޖިލިސް ކޮމިޓީއަކަށް ހާޒިރުކޮށް ސުވާލުކުރުމަށް ހުރަހެއް ނެތްކަމަށާއި، އެހެންނަމަވެސް އެކަން ނުކުރާކަމަށާއި އެގޮތުން ސަރުކާރާއި ރައީސުލްޖުމްހޫރިއްޔާ ޒިންމާދާރުކުރެވޭނެ ފުރުސަތެއް ނެތްކަމަށްވެސް އަލީ ހުސެން ފާހަގަކުރެއްވިއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް