ads
ގަވައިދާ ހިލާފަށް އުޅޭ ބިދޭސީއަކު އިމިގްރޭޝަން ބެލުމުގެ ދަށަށް ގެންދަނީ
ސޯޝަލް ސެންޓަރާއި ވިލިމާލެ ފެރީ ޓާމިނަލް ސަރަހައްދުން 8 މީހުން ހައްޔަރުކޮށްފި
ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީން ހޯދުމަށް އިމިގްރޭޝަން ޓާސްކްފޯސްއިން ހިންގި އޮޕަރޭޝަނެއްގައި، ސޯޝަލް ސެންޓަރާއި ވިލިމާލެ ފެރީ ޓާމިނަލް ސަރަހައްދުން 8 ބިދޭސީން ހައްޔަރުކޮށްފިއެވެ.
Advertisement

އިމިގްރޭޝަނުން ބުނީ މާލޭ ސޯޝަލް ސެންޓަރު އަދި ވިލިމާލެ ފެރީ ޓާމިނަލް ސަރަހައްދުގައި މަސައްކަތްކުރާ ބިދޭސީން ބަލައި ފާސްކުރުމަށް އޮޕަރޭޝަންތަކެއް ކުރިއަށް ގެންދިޔަ ކަމަށާއި، މި އޮޕަރޭޝަންތަކުގައި ގަވާއިދާ ހިލާފަށް އުޅެމުންދިޔަ 8 ބިދޭސީން ވަނީ އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. އިމިގްރޭޝަނުން މިއަހަރުގެ ތެރޭގައި ހިންގާފައިވާ މިފަދަ އޮޕަރޭޝަންތަކުގައި މިހާތަނަށް 100 އަށްވުރެ ގިނަ ބިދޭސީން ހައްޔަރުކޮށްފައިވާ ކަމަށް އެ އިދާރާއިން ބުންޏެވެ.

އިމިގްރޭޝަނުން އިތުރަށް ބުނީ، މިފަދަ އޮޕަރޭޝަންތައް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދަނީ ހިންގަމުން ކަމަށެވެ. އަދި މި މައްސަލަތަކާ ގުޅިގެން ޑިޕޯޓޭޝަން ސެންޓަރުގައި ބަންދުކުރެވޭ ބިދޭސީން އެމީހުންގެ ގައުމުތަކަށް ފޮނުވުމުގެ މަސައްކަތް ވެސް ކުރަމުންދާ ކަމަށާއި، ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީން މޮނިޓަރކުރުމަށް މާލޭގެ އާންމު ތަންތަނުގައި އޮފިސަރުން އޮބްޒާވޭޝަން މަސައްކަތްތައް ވެސް މިހާރު ދަނީ ކުރިއަށް ގެންދަމުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް