
ފުލުހުން މި ތަކެއްޗާއި އެކު އުޅޭ މަންޒަރު ފެންނަ ބައެއް ފޯޓޯތައް ވަނީ އާއްމުވެފައެވެ. މިކަމާއި ގުޅިގެން ފުލުހުން ބުނީ އކުއްތާތައް ނެރުނީ ޑްރަގު އޮޕަރޭޝަނެެއްގައި ނޫންކަމަށެވެ.
ކޭ 9ގެ ނަމުން ނަން ދީފައިވާ ކުއްތާތައް ނެރިގެން ކުރިޔަށް ގެންގޮސްފައިވަނީ ތަމްރީނު ތަކެއްކަމަށް ފުލުހުން ބުނެއެވެ. އެގޮތުން އެއީ ސިނޭރިއޯ ބޭސްޑް ތަމްރީނުތަކެއްކަމަށެވެ.
ހުޅުމާލެ ގޮނޑު ދޮށުގައި ކުއްތާތައް ބޭނުންކޮށްގެ ތަމްރީނުތައް ހިންގާއިރު ފުލުހުން ވަނީ ދާދި ފަހުން ގިނަ އަދަދެއްގެ ރަލާއެކު އެ ސަރަހައްދުން ބިދޭސީން ތަކެއް އަތުލައިގެންފައެވެ.
ފުލުހުން ކުއްތާތަކާއި އެކު ހުޅުމާލެ އަތިރިމަތީ
ރާއްޖެއަށް ޑްރަގު އެތެރެވުން ހުއްޓުވަން މދިޔަ ެެއަހަރު ފަހުކޮޅު ފުލުހުން ވަނީ އެއާޕޯޓްގައި ކުއްތާ ބޭނުންކޮށްފައެވެ. އެ ފަހަރު ކުއްތާތައް ވަނީ ރާއްޖެއަށް އެތެރެވި މީހުން އެތެރެކުރި ތަކެތިތައް ބަލާ ފާސްކޮށްފައެވެ. އަދި އެކަން ކުރީ މޯލްޑިވްސް ކަސްޓަމް ސާވިސް އަދި މޯލްޑިވްސް އެއާޕޯސްޓް ކޮމްޕެނީ ގުޅިގެން ކަމަށް ފުލުހުން އޭރު ބުނެފައިވެއެވެ.