ads
މުހައްމަދު ފަޒީލު ރަޝީދު
ފަޒުލްގެ ބޭބެ އެންމެފަހުން ހުޅުމާލެއިން ފްލެޓެއް ގަނެފި
އޮޅުވާލައިގެން މަކާރާ ހީލަތުން ހުޅުމާލެއިން ބިމެއް ހޯދި މައްސަލާގައި ހިމެނޭ އެމްޑަބްލިއުއެސްސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ފަޒީލް ރަޝީދު ހުޅުމާލެއިން ފްލެޓެއް ގަނެފިއެވެ.
Advertisement

މީ ހިޔާނާތުގެ މައްސަލަތަކެއް ފެންމަތިވުމުން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ މެނޭޖިން ޑިރެކްޓަރު ކަމުން އިސްތިއުފާދެއްވި ފަޒުލް ރަޝީދުގެ ބޭބެއެވެ. 

ފަޒީލް ގަން މި ފްލެޓުގެ ރަޖިސްޓްރީ ބަދަލުކުރަން އެޗްޑީސީން  ވަނީ ސިވިލް ކޯޓަށް ހުށަހަޅާފައެވެ. އަދި މިކަމާއި ގުޅޭ އަޑުއެހުމެއް މިދިޔަ އާދިއްތަގައި ވަނީ ބާއްވާފައެވެ. 

އޭނާ އެ ފްލެޓް ގަތް ކަމަށް ކޯޓަށް ހުށަހަޅާފައިވަނީ 1.18 މިލިއަން ރުފިޔާއަށްކަމަށްވެއެވެ.  އަދި އެ ފައިސާގެ ދެބައި ކުޅައެއްބައި އަމިއްލަ ފައިސާއިން  ދެއްކުމަށްފަހު އަނެއް ބައި ހޯއްދެވީ އެޗްޑީއެފްސީގެ ހައުސިން ލޯނަކުން ކަމަށްވެއެވެ. 

ބިންވެރިޔާ ސްކީމްގެ ދަށުން ވަގު ގޯތި ނުލިބޭ ބަޔަކަށް ވަގު ލިޔުން ތައްޔާރުކޮށް ވިއްކި މައްސަލައިގެ ތުހުމަތުގައި އެޗްޑީސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދާއި އޭނާގެ ބޭބެ އަދި އެމްޑަބްލިއުއެސްސީގެ ކުރީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ފަޒީލް ރަޝީދު ހިމެނޭހެން އިތު ބައެއްގެ ޕާސްޕޯޓް ފުލުހުން ހިފަހެއްޓިއެވެ. އެހެންނަމަވެސް ފުލުހުން ފަހުން ވަނީ އެ އެންމެންގެ ޕާސްޕޯޓް ދޫކޮށްލާފައެވެ. 

ފަޒުލްއަށް ތުހުމަތުކުރެވޭ މައްސަލާގައި ފަޒުލް ދިރިއުޅޭ ގެ ބަލާ ފާސްކުރުމުގެ ތެރޭގައި އެގެއިން ނަގުދު ފައިސާއިން މިލިއަނަކަށްވުރެ ގިނަ ރުފިޔާ ފެނިފައިވެއެވެ. އެހެންނަމަވެސް  ލޯންޗު ފެރީގެ ހިދުމަތް ދޭ ރިލެކްސް ފެރީ ސާވިސްއިން ވަނީ ފަޒުލްގެ ކުންފުންޏަކަށް ލޯންޗެއް ބަނުމަށް 1.4 މިލިއަން ރުފިޔާ ދިން ކަމަށް ބުނެފައެވެ.  

އަދި ފަހުން ފުލުހުން ވަނީ މި ފައިސާތައްވެސް ފަޒުލްއާއި ހަވާލުކޮށްފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް