
މި އަހަރުގެ ފިތުރު ޒަކާތުން ލިބުނު ފައިސާއިން ގައްޒާގެ ތުއްތު ކުދިންގެ ކާބޯތަކެއްޗަށް ހަދިޔާކުރަން 5 ލައްކަ ދިނުމަށް ސަރުކާރުން ވަނީ ނިންމާފައެވެ.
މި ފައިސާއަކީ ފިތުރު ޒަކާތަށް ލިބުނު ފައިސާއިން ފަގީރުންނަށް ބެހުމަށްފަހު ބާކީވި ފައިސާކަމަށް އިސްލާމިކް މިނިސްޓްރީން ވަނީ ބުނެފައެވެ.
އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ ޒަކާތު ހައުސްއަށް ދިވެހި ލޮބުވެތި ރައްޔިތުން ހަވާލުކުރި ފިތުރު ޒަކާތުން ފަލަސްތީނުގެ ގައްޒާގެ ބަނޑުހައި ހޫނުކަމުގައި ޖެހިފައިވާ އާއިލާތަކަށް ފޮނުވި ބައިމިލިއަން ދިވެހި ރުފިޔާގެ ކާބޯތަކެތި ފަކަސްތީބުގެ ރައްޔިތުންނަށް ހަވާލުކޮށްފައިވާކަމަށެވެ.
ފަލަސްތީނު ރައްޔިތުން ދިވެހިން ދިން ހަދިޔާ ހަވާލުކުރަނީ
މިނިސްްޓްރީން ވަނީ މި ތަކެތި ފަލަސްތީނު ރައްޔިތުންނާއި ހަވާލުކުރާ މަންޒަރު ފެންނަ ވީޑިއޯއެއް ވަނީ އާއްމުކޮށްފައެވެ. އެ ވީޑިއޯތަކުން ފެންނަނީ ގައްޒާގެ ގެތަށް ވެއްޓި ފުނޑުފުނޑު ވެފައިވާ ތަނެވެ އަދި ބައެއް މީހުން ނަށް ލިބިފައިވާ ޒަހަމްތައްވެސް މި ވީޑިއޯއިން ފެނެއެވެ.
އިސްލާމިކް މިނިސްޓްރީން އާންމު ކުރި ތަފާސް ހިސާބުން ދައްކާ ގޮތުގައި މި އަހަރު ޒަކާތަށް ފައިސާގެ ގޮތުގައި ޖުމުލަ 13،264،819 ރުފިޔާ ވަނީ ލިބިފައެވެ. އެ ފައިސާ ފަގީރުން ގެ ދަފްތަރުގައި ތިބި ކޮންމެ މީހަކަށް 4500 ރުފިޔާ ބަހާފައިވާކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ. އެހެންނަަވެސް ދަފްތަރުގައި ތިބީ ކިހާ މީހުންނެއް ކަމެއް އެ މިނިސްޓްރީ އަކުން ނުބުނެެއެވެ.
މާލޭ ސަރަހައްދުގައި މިދިޔަ އަހަރު ފިތުރު ޒަކާތުގެ ގޮތުގައި ބޮލަކަށް 8،000 ރުފިޔާ ބެހިއެވެ.