
ސަރުކާރު ސުްކޫލްތަކުގެ ހުރިހާ ކްލާސްރޫމެެއް އޭސީކުރަން "ކޫލް ސްކޫލް" ޕްރޮގްރާމްގެ ނަމުގައި ސަރުކާރުން ވަނީ ހާއްސަ ޕްރޮގްރާމެއް ފަށާފައެވެ.
މި ޕްރޮގްރާމަށް ބައެއް ސްކޫލްތަކުން އޭސީ ހޯދުމަށް ބެލެނިވެރިންގެ އެހީއަށް ވަނީ އެދިފައެވެ. އަދި ބައެއް ސްކޫލްތަކުން ވަނީ ވަކިވަކި ބެލެނިވެރިންނަށް އޭސީ ގަނެދިނުމަށް ކުރި މެސެޖުތައް މީގެކުރިން ވަނީ އާއްމުވެފައެވެ.
"ރައްޔިތުންނާ އެކު" މި ނަމުގައި ރައީސް ކުރިއަށްގެންދަވާ ޕޮޑްކާސްޓުގައި ވާހަކަ ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ އޭސީ ޕްރޮގްރާމަށް ބެލެނިވެރިން ހަރަދުކުރަން ނުޖެހޭނެކަމަށެވެ. އަދި ހަރަދުކުރި ބައެއް ބެލެނިވެރިން ހަރަދުކޮށްފައިވަނީ އެ ބެލެނިވެރިޔަކު އަމިއްލަ ބޭނުވެގެން އެދިގެންކަމަށް ރައީސް މުއިއްޒު ވިދާޅުވިއެވެ.
ސަރުކާރު ސްކޫލުތަކުގައި ހުރި 3740 ކުލާސްރޫމް މިއަހަރުގެ ސެޕްޓެމްބަރު މަހުގެ ނިޔަލަށް އޭސީކޮށް ނިންމާލުމަށްޓަކައި ވާންޖެހޭ ހުރިހާ ތައްޔާރީތަކެއް ނިމިފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.