ރެހެންދި ޓާފް ދަނޑު ކައިރީ މަޑުކޮށްގެން ހުރި މީހަކަށް ސައިކަލެެއްގައި އައި ދެމީހަކު ކޯރާޑިއަކުން ހަމަލާދިނީ މިދިޔަ ފެބްރުއަރީމަހުގެ 15 ވަނަ ދުވަހުގެ ރެއެވެ.
މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ ގދ ފިޔޯރީ ހީނާމާގޭ އުމުރުން 25 އަހަރުގެ ރުސްތުމް އިބްރާހިމް އާއި ބ. ގޮއިދޫ އުމުރުން 19 އަހަރުގެ ސައިފުﷲ ފައިސަލްކަމަށެވެ. މި ދެމީހުން ހައްޔަރުކުރީ ހަމަލާ ދިނުމަށްފަހު ފިލައިގެން މާލެއަށް ދަނިކޮށް ހައިވޭ މަތިން އާއްމުންނާއި ފުލުހުންނާއ ނުކުމެއެވެ.
ފުލުހުން ބުނީ މި މައްސަލާގައި މި ދެމީހުންގެ މައްޗަށް ދައުވާކުރަން ޕްރޮސެކިއުޓާ ޖެެނެރަލްގެ އޮފީހުން ފޮނުވާފައިވާކަމަށެވެ. އަދި އެ އޮފީހުން މިއަދު މައްސަލަ ބަލައިގެންފައިވާ ކަމަށްވެސް ފުލުހުން ބުނެއެވެ.
މި މައްސަލާގައި ހިމެނޭ ދެމީހުން ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;