
މިއީ ތައިލެންޑް އިމިގްރޭޝަން އުސޫލުތަކަށް ގެނެސްފައިވާ އާ ބަދަލަކާ ގުޅިގެން ކުރާ އިލްތިމާސެކެވެ.
މެއި 1 ވަނަ ދުވަހުން ފެށިގެން ތައިލެންޑަށް ދަތުރުކުރާ ހުރިހާ ފަސިންޖަރުން މި ޑިޖިޓަލް ކާޑު ފުރިހަމަކުރަން ޖެހޭނެއެވެ. މި ފޯމު ފުރިހަމަކުރުމަށް ތައިލެންޑް އިމިގްރޭޝަނުން ވަކި ލިންކެއް ކަނޑައަޅާފައިވެއެވެ.
އެއީ https://tdac.immigration.go.th/arrival-card/#/home އެވެ. ފޮރިން މިނިސްޓްރީން އެދިފައިވަނީ ރާއްޖެއިން ފުރުމުގެ ކުރިން މި ފޯމު އޮންލައިންކޮށް ފުރިހަމަކުރުމަށެވެ.
ނަމަވެސް، މި ބަދަލާއެކު ރާއްޖެއާއި ތައިލެންޑާ ދެމެދު ހަމަޖެހިފައިވާ ވިސާގެ އެއްވެސް އިންތިޒާމަކަށް ބަދަލެއް އައިސްފައިނުވާކަން ފޮރިން މިނިސްޓްރީން ފާހަގަކޮށްފައިވެއެވެ. އެހެންކަމުން، ކުރިއެކޭ އެއްގޮތަށް ދިވެހިންނަށް މިހާރުވެސް 90 ދުވަހުގެ "އެންޓްރީ ވިސާ" ގައި ތައިލެންޑަށް ދަތުރުކުރެވޭނެއެވެ.