ads
ހޮޅޫ ބޯޓުން ގެއްލިގެން ހޯދަމުން އަންނަ 25 އަހަރުގެ މުޝްފިގު
މުޝްފިގު ގެއްލުނުތާ ހަފުތާއެއް ފަހުން ގައިބުގައި ކަށުނަމާދު ކުރަން ނިންމައިފި
މުދާ އުފުލި ބޯޓުން ގެއްލުނު އަލީ މުޝްފިގު މުހައްމަދު ޝަރީފުގެ މައްޗަށް ގައިބުގައި ކަށުނަމާދު ކުރަން ނިންމައިފި އެވެ.
Advertisement

ލ. މާވަށު ކައުންސިލުން މިއަދު ކުރި އިއުލާނުގައި ބުނެފައިވަނީ 25 އަހަރުގެ ޒުވާނާގެ މައްޗަށް ކަށުނަމާދު ކުރާނީ މާދަމާ ހުކުރު ނަމާދަށްފަހު އެ ރަށު މަސްޖިދުލް ބިލާލުގައި ކަމަށެވެ.

އަންހެނުންނަށް ވެސް ކަށުނަމާދުގައި ބައިވެރިވެވޭނެ ކަމަށާއި ކަށުނަމާދުގައި ވީހާ ވެސް ގިނަ ބަޔަކު ބައިވެރިވުމަށް ކައުންސިލުން އެދޭ ކަމަށް އެ ރަށު ކައުންސިލުން ބުނެފައިވެއެވެ. 

ވިލާ އިންޓަނޭޝަނަލް ހައި ސްކޫލުގައި ވަޒީފާއަދާ ކުރާ އަދި ޕޮލިޓެކްނިކްގައި އާކިޓެކްޗާގެ ދާއިރާއިން ކިޔަވަމުންދިޔަ މުޝްފިގް ރަށަށް ދިޔައީ ރޯދައިގެ ފަހު 10 ގައި ލިބުނު ބަންދުގައި މައިންބަފައިންނާއެކު ޗުއްޓީ ހޭދަކޮށްލުމަށެވެ. ތ. އަތޮޅު އަދި ލ. އަތޮޅުން މުދާ ހިފައިގެން ދަތުރުކުރި ބޯޓުގައި މިދިޔަ ހަފުތާގެ ބުދަ ދުވަހުގެ ރޭ ރޯވިއިރު 18 މީހުން އެ ބޯޓުގައި ތިއްބެވެ. އެމްއެންޑީއެފުން ބުނީ މުޝްފިގު ހޯދުމުގެ މަސައްކަތް ހުއްޓާނުލާ ކަމަށާއި ކަނޑާއި އެއްގަމުގެ ސަރަހައްދުތައް ވެސް ބަލަމުންދާ ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް