ads
މޯލްޑިވިއަނުން ހާއްސަ ފްލައިޓްތަކެއް މެލޭއަށް، އަގު ހެޔޮ
ގައުމީ އެއާލައިން މޯލްޑިވިއަނުން ހާއްސަ ދަތުރުތަކެއް މެލޭޝިޔާއަށް ބާއްވަން ނިންމައިފިއެވެ.
Advertisement

މޯލްޑިވިއަނުން މެލޭގެ ކުއަލަލަމްޕޫރަށް ބާއްވަން ނިންމާފައިވަނީ ސީދާ ދަތުރުތަކެއްކަމަށް އެ ކުންފުނިން ބުނެއެވެ. މި ދަތުރުތައް އޮންނާނީ މިމަހުގެ 27 އިން 30ގެ ނިޔަލަށްކަމަށް އެކުންފުނިން ބުނެއެވެ. 

މޯލްޑިވިއަނުން މިދަތުރުތަކުގެ ޓިކެޓްތައް ވަކިވަކި ދުވަހަށް ހުރި އަގުތައް ވަނީ އާއްމުކޮށްފައެވެ. އެ ކުންފުނީން ބުނީ މި ދަތުރުގެ ސީޓްތައް ވަރަށް ލިމިޓެޑްކަމަށެވެ. އެހެންކަމުން ދަތުރުކުރަން އެދޭ ފަރާތްތަކުން އަވަހަށް ޓިކެޓް ބުކް ކުރަން އެކުންފުނިން ބުނެއެވެ. 

މޯލްޑިވިއަންގެ ހިދުމަތް ފުޅާކޮށް ބައިނަލްއަގުވާމީ ގިނަ މަންޒިލްތަކަށް ދަތުރުތައް ފެށުމަކީ ސަރުކާރުގެ އަމާޒެކެވެ. އެގޮތުން އެ ދަތުރުތަކުގައި ބޭނުންކުރަން މޯލްޑިވިއަންގެ ފުރަތަމަ ވައިޑް-ބޮޑީ މަތިންދާބޯޓު ރާއްޖެއަށް ގެނެސްފައިވަނީ މިއަހަރުގެ ޖަނަވަރީ 6 ވަނަ ދުވަހުއެވެ. 264 މީހުންގެ ޖާގައިގެ އެއާބަސް އޭ330-200 މަތިންދާބޯޓުން މިހާރު ޗައިނާގެ ތިން މަންޒިލަކަށާއި އެފްރިކާއަށް ދަތުރުތައް ވަނީ ފަށާފައެވެ. މީގެއިތުރުން ޖަރުމަނާއި އައްޑޫ ސިޓީއަށްވެސް މި ބޯޓުގެ ދަތުރުތައް ފެށުމަށް އަންނަނީ ތައްޔާރުވަމުންނެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް