ads
އެމްޑަބްލިއުއެސްސީ އެޕް މެދުވެރިކޮށް ބިލް ދައްކައިގެން އުމްރާ ލިބުނު ނަސީބުވެރިން
ބަރާބަރަށް ފެން ބިލް ދެއްކުމުން އުމްރާ ލިބުނު މީހުންނަށް ލިޔުންދީފި
ރޯދަ މަހު އެމް.ޑަބްލިޔު.އެސް.ސީ އިން ކުރިޔަށް ގެންދިޔަ ޕްރޮމޯޝަންގައި އުމްރާ ދަތުރު ލިބުނު ނަސީބުވެރިން އެކަމުގެ ލިޔުން ހަވާލުކޮށްފިއެވެ.
Advertisement

އެކުވެރި ރޯދަ 30" ގެ ނަމުގައި އެމްޑަބްލިއުއެސްސީ އެޕް މެދުވެރިކޮށް ބިލް ދެއްކި ކަސްޓަމަރުންގެ 3 ފަރާތަކަށް ވަނީ އުމްރާ ދަތުރެއް ދީފައެވެ. 

އުމްރާ ދަތުރު ލިބުނު ފަރާތްތައް 

  • ޝަމްރޫޒް އިބްރާހިމް  / ދަފްތަރު ނަމްބަރު ދރ 1672 
  • މުހައްމަދު ސަރާހް / އުދަރެސް ، ތ. ތިމަރަފުށި 
  • އަލީ ނާޒިމް / ގ. ރަންދެލިގެ

your imageއެމްޑަބްލިއުއެސްސީ އެޕް މެދުވެރިކޮށް ބިލް ދައްކައިގެން އުމްރާ ލިބުނު ނަސީބުވެރިއެއް

ޕްރޮމޯޝަންގައި ގުރުއަތުން ހޮވުނު ނަސިބުވެރި 3 ފަރާތް އިއުލާން ކުރާ ތާރިހުން ފެށިގެން އެއްއަހަރު ދުވަހުގެ ތެރޭގައި އުމްރާ ދަތުރުގެ ބޭނުންކުރަން ވާނެކަމަށް އެމްޑަބްލިއުއެސްސީން ބުނެއެވެ. އަދި އުމްރާ ދަތުރު ލިބުނު ފަރާތަށް އެ ދަތުރު ބޭނުން ނުކުރެވޭނަމަ އެހެން މީހަަކަށް ބަދަލުކުރުމުގެ ފުރުސަތުވެސް ދެވިގެން ދާނެކަމަށް އެމްޑަބްލިއުއެސްސީން ބުނެއެވެ.

your imageއެމްޑަބްލިއުއެސްސީ އެޕް މެދުވެރިކޮށް ބިލް ދައްކައިގެން އުމްރާ ލިބުނު ނަސީބުވެރިއެއް

މި ޕްރޮމޯޝަންގެ ގުރުއަތުގައި ބައިވެރި ކޮށްފައިވަނީ އެމް.ޑަބްލިޔު.އެސް.ސީ އެޕުން ބިލު ދައްކަވާފައިވާ އެއްވެސް އައުޓްސްޓޭންޑިން އެއް ނެތް ފަރާތްތައްކަމަށް އެ ކުންފުނިން ބުނެއެވެ. 

your imageއެމްޑަބްލިއުއެސްސީ އެޕް މެދުވެރިކޮށް ބިލް ދައްކައިގެން އުމްރާ ލިބުނު ނަސީބުވެރިއެއް

މި ޕްރޮމޯޝަނަކީ މިއަހަރަކީ އެކުންފުންޏަށް 30 އަހަރު ފުރޭ އަހަރު ކަމަށްވުމާއެކު އެ މުނާސަބަތާއި ރޯދަ މަހާއި ގުޅުވައިގެން ކުރިއަށް ގެންދިޔަ ޕްރޮމޯޝަނެއްކަމަށް އެކުންފުނިން ބުނެއެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް