ads
ކާޖަލްގެ ދަރިފުޅު ނިސާ އަދި ކާޖަލް
ދަރިފުޅު ފިލްމުކުޅެން ނުނިކުންނާނެ: ކާޖަލް
ދަރިފުޅު ނިސާ ދޭވްގަން ބޮލީވުޑަށް ނުނިކުންނާނެކަމަށް އޭނާގެ މަންމަ ކާޖަލް ދޭވްގަން ބުނެފިއެވެ.
Advertisement

ނިއުސް 18 ގެ ރައިސިން ބާރަތް ސަމިޓް 2025 ގައި ވާހަކަދައްކަމުން ކާޖަލް ބުނީ އޭނާގެ ދަރިފުޅު ނިސާ ދޭވްގަން މިވަގުތު ފިލްމީ ދުނިޔެއަށް ނިކުތުމުގެ ވިސްނުމެއް ނެތްކަމަށެވެ. މިއަހަރުގެ އޭޕްރިލް 20 ވަނަ ދުވަހު 22 އަހަރު ފުރޭ ނިސާއަކީ ބޮލީވުޑްގެ މަޝްހޫރު ތަރިން ކަމުގައިވާ ކަޖޯލް އަދި އަޖޭ ދޭވްގަންގެ ދަރިއެކެވެ. 

ކާޖަލް ބުނީ "އެއްގޮތަކަށްވެސް ވާނެކަމެއް ނޫންތީ! އަހަންނަށް ހީވަނީ އޭނާ ނިންމާފައި އޮތީ މިވަގުތު ބޮލީވުޑަށް ނާންނަން،" ދަރިފުޅި ނިސާ ބޮލީވުޑުން ފެނިދާނެތޯ ސުވާލުކުރުމުން ބުންޏެވެ.

ނިސާއަކީ ގިނަފަހަރު މަޝްހޫރު އިވެންޓްތަކުގައި ފެންނަ އަދި އޭނާގެ ސްޓައިލަށް ތައުރީފު ލިބެމުންއަންނަ ޒުވާނެކެވެ. ނަމަވެސް ކަޖޯލްގެ މި ބަސްތަކުން ސާފުވަނީ ނިސާ ބޮލީވުޑަށް ނިކުތުމަށް ޝައުގުވެރިކަމެއް ނެތްކަމެވެ. 

މި ހަބަރު އިންޑިއާގެ ބޮޑެތި ނޫސްތަށްކަމުގައިވާ ދި އިކޮނޮމިކް ޓައިމްސް، އިންޑިއާ ޓުޑޭ އަދި ހިންދުސްތާން ޓައިމްސް ފަދަ ނޫސްތަކުގައި ޝާއިއުކޮށްފައިވެއެވެ. ގިނަ ސްޓާ ކިޑްސް ފަދައިން ނިސާވެސް ބޮލީވުޑަށް ނިކުންނާނެކަމަށް ގިނަ ބަޔަކު ލަފާކުރަމުން ދިޔަނަމަވެސް، ކާޖަލްގެ މި އިންޓަވިއުއިން ސާފުވަނީ ކުރިއަށް އޮތް ތަނުގައިވެސް ނިސާ ބޮލީވުޑަށް ނިކުންނާނެކަމަށް އުންމީދުކުރުން ބުއްދިވެރި ނޫންކަމެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް