ads
ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަން --
ފުލުހުންގެ ބަންދުގައި ހުއްޓާ ދަންޖެހުނު މީހާ މަރުވެއްޖެ
ކުޅުދުއްފުށީ ޕޮލިސް ކަސްޓޯޑިއަލްގައި ބަންދުގައި ހުރި މީހަކު އަމިއްލައަށް މަރުވާން މަސައްކަތް ކުރުމުން އޭނާއަށް ހދ. ކުޅުދުށްފުށީ ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަނިކޮށް މެންދުރުފަހު އޭނާ މަރުވެއްޖެ އެވެ.
Advertisement

އެ ހޮސްޕިޓަލުން ބުނީ ދަންޖެހިގެން މިދިޔަ ހުކުރު ދުވަހުގެ ރޭ ގެންދިޔަ 34 އަހަރުގެ ފިރިހެން މީހާ މަރުވީ ވެންޓިލޭޓަރުގައި ފަރުވާ ދެމުންދަނިކޮށް މެންދުރު ފަހު 3:30 ހާއިރު ކަމަށެވެ. ފަރުވާ ދޭން ގެންދިޔައިރު ވެސް ވަރަށް ހާލު ދެރަކަމަށް ހޮސްޕިޓަލުން ބުންޏެވެ.

އެ ހާދިސާއާ ގުޅިގެން ފުލުހުން އޭރު ނެރުނު ބަޔާނުގައި ބުނީ މިދިޔަ ހަފުތާގެ ބުދަ ދުވަހުގެ ރޭ އެ މީހާ ހައްޔަރުކުރީ މަސްތުގެ ހާލަތުގައި ހުރެ ގެއެއްގެ މުދަލަށް ގެއްލުންދީ، ހަމަނުޖެހުން ހިންގި މައްސަލައެއްގައި ކަމަށެވެ.

ކުޅުދުއްފުށި ހޮސްޕިޓަލުން ބުނީ އެ ހޮސްޕިޓަލްގެ ވެންޓިލޭޓަރުގައި ފަރުވާ ދެމުންދިޔަ އެ މީހާ މިއަދު މެންދުރުފަހު 3:30 ހާއިރު މަރުވެފައިވާ ކަމަށެވެ.

އެ މީހާ މިދިޔަ ހަފްތާގެ ބުދަ ދުވަހުގެ ދުވަހުގެ ރޭ ހައްޔަރުކުރީ މަސްތުވެގެން ހުރެ ގެއެއްގެ މުދަލަށް ގެއްލުންދިނުމަށްފަހު ހަމަނުޖެހުން ހިންގި މައްސަލައެއްގަ އެވެ.

މީގެ ކުރިން ކުޅުދުއްފުށީ ޕޮލިހުގެ ބަންދުގައި ހުއްޓާ، ޑިސެމްބަރު 19، 2022 ގައި މަރުވީ ހދ. ނޮޅިވަރަމުގައި އަނބިމީހާ މަރާލި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައި ހުރި 32 އަހަރުގެ މީހެކެވެ. އޭނާ ވެސް މަރުވީ ދަންޖެހުމުން ހާލު ދެރަވުމުން ވެންޓިލޭޓަރުގައި ފަރުވާ ދެމުން ދަނިކޮށެވެ. 

މީގެ އިތުރުން ފުލުހުން ބަލަހައްޓާ ކަސްޓޯޑިއަލް ޖަލެއްކަމަށްވާ ދޫނިދޫ ޖަލުގައި ވެސް މީހަކު ދަންޖެހިގެން މަރުވި މައްސަލަ މިދިޔަ އަހަރު ވަނީ ފެންމަތިވެފަ އެވެ.

 

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް