ads
އަރަބިއްޔާ ސްކޫލް ހަދާ ބިމުގައި މަސައްކަތް ކުރަނީ
އަރަބިއްޔާ ސްކޫލް އާ އިމާރާތް ހުޅުވޭނީ 2027 ގައި: ރައީސް
އަރަބިއްޔާ ސްކޫލްގެ އާ އިމާރާތުގެ މަސައްކަތް ނިމެނީ އަންނަ އަހަރު ނިމެންވާއިރަށްކަމަށް ރައީސް ޑރ. މުހައްމަދު މުިއއްޒު ވިދާޅުވެއްޖެއެެ.
Advertisement

އަރަބިއްޔާ ސްކޫލްގެ އާ އިމާރާތެއް އަޅާދިނުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ. 

އަރަބިއްޔާ ސްކޫލް ޒަމާނީކޮށް، އަށް ބުރީގެ އިމާރާތެއްގެ ގޮތުގައި ތަރައްގީ ކުރުމަށް އެކަމުގެ އަމަލީ މަސައްކަތް ފެށީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 24 ވަނަދުވަހުއެވެ. މި މަސައްކަތް ހަވާލުކޮށްފައިވަނީ ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް (އާރްސީސީ) އެވެ. 

"ރައްޔިތުންނާއި އެކު" ނަމުގައި ރައީސް މުއިއްޒު ކުރިޔަށް ގެންދަވާ ޕޮޑްކާސްޓްގެ ތިންވަނަ އެޕިސޯޑުގައި ވާހަކަ ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ ވީ ވައުދާއި އެއްގޮތަށް އަރަބިއްޔާގެ މަސައްކަތް ފެށިފައިވާކަމަށެވެ. އަދި އަމާޒަކީ 2027ގެ ދިރާސީ އަހަރު އާ ސްކޫލްގައި ފެށުންކަމަށް ރައީސް މުއިއްޒު ވިދާޅުވިއެވެ. 

" މިހާރު ފައުންޑޭޝަން މަސައްކަތް އެ ހިނގަނީ. އެހެންވީމާ، އެވެސް އިރާދަކުރެއްވިއްޔާ ހަމަ ބާރަށް ކުރިއަށްދާނެ. ގެންގޮސް ވީހާވެސް ހަމަ އަވަހަކަށް ނިންމާފައި، މި އަންނަ އަހަރު ނިމެންވާއިރަށް އިރާދަކުރެއްވިއްޔާ ނިންމުން އަމާޒަކީ. އެއީ، 2026 ނިމެންވާއިރަށް. 2027 ގެ ދިރާސީ އަހަރު ފެށޭއިރަށް، ޢަރަބިއްޔާގެ ދާއިމީ ބޮޑު ސްކޫލަކަށް، އަރަބިއްޔާ ސްކޫލް އިރާދަކުރެއްވިއްޔާ ބަދަލުވެގެންދާނެ." ރައީސް ވިދާޅުވިއެވެ.

your image އަރަބިއްޔާ ސްކޫލްގެ އާ އިމާރާތުގެ މަސައްކަތް ފެށުން

އަރަބިއްޔާ ސްކޫލުގެ އާ އިމާރާތް މީގެ ކުރިން ބިނާކުރުމަށް ހަމަޖެއްސީ ބާ ޖަމާލުއްދީނުގެ ބިމުގަ އެވެ. އެހެން ނަމަވެސް އަރަބިއްޔާ ސްކޫލުގެ ބެލެނިވެރިންގެ އެދުމާއެކު، ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އެ ސްކޫލް ބިނާކުރުމަށް ޖާގަ ތަނަވަސް ބިމެއް ކަމަށްވާ 386 ކޮށި ހަމަޖައްސަވައިދެއްވާފަ އެވެ.

މީގެ ކުރިން އެ މަސައްކަތް ކުރުމަށް ހަވާލު ކުރި ކުންފުންޏާއެކު ހަދާފައިވާ އެއްބަސްވުން ބާތިލްކޮށް، އާރްސީސީއާ އެ މަސައްކަތް ހަވާލުކޮށްފައިވަނީ 152،945ރ އަށް މި މަސައްކަތް 540 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.

މި ސްކޫލުގައި 40 ކްލާސްރޫމާއި، ބޭސްމެންޓްގައި އަންޑާ ގްރައުންޑް ޕާކިންގް ޒޯނަކާއި، ޓާފް ދަނޑެއް ހިމެނޭނެ އެވެ. މީގެ އިތުރުން މި ސްކޫލު އިމާރާތްކުރަނީ ޒަމާނީކޮށް، އޭސީ އަދި ސޯލާޕެނަލް ހަރުކުރެވޭނެ ގޮތަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް