
އާރަށުގައި ރައީސްގެ ކެއުމަށް އެއްދުވަހަށް 9000 ރުފިޔާ ހަރަދަުކޮށްފައިވާކަމަށް ބުނާ ބިލެއް ވަނީ ސޯޝަލް މީޑިއާގައި ދައުރުވެފައެވެ.
އެ ބިލްުގައިވާ ގޮތުން ރައީސް ޗުއްޓީ ހޭދަކުރައްވާ އާރަށުގެ ބޭނުމަށް ރާއްޖޭގެ ބާޒާރުގައި ލިބެން ހުރި އެންމެ އަގުބޮޑު ގެރިމަހާއި ކަންބަޅިމަހުގެ އިތުރުން ޑިންގާވަނީ ގަނެފައެވެ. ނަގުދު ފައިސާއިން ބިލް ދައްކާފައިވާ މި ބިލް ހަދާފައިވަނީ މުލިއާގޭ އާރަށުގެ ނަމުގައެވެ.
މިކަމާއި ގުޅިގެން ރިޔާސީ ގަނޑުވަރު މުލިއާގޭގެ މިނިސްޓަރު އިގްބާލް އާދަމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ އެ ވާހަކަތަކަކީ ހަގީގަތާއި ހިލާފު ދޮގު ވާހަކަތަކެެއްކަމަށެވެ.
އިގްބާލު ވިދާޅުވީ ކުރީގައި ރައީސްކަން ކުރެއްވި ބޭފުޅުން މުލިއާގޭ ބަޖެޓުން ބޮޑެތި ހަރަދުތަކެއް ކުރެއްވި ނަމަވެސް ރައީސް ޑރ. މުހައްމަދު މުއިއްޒު އެގޮތަށް އެކަން ނުކުރައްވާކަމަށެވެ. އަދި ރައީސް މުއިއްޒު ހުވާކުރެއްވި ހިސާބުން މުލިއާގެ ބަޖެޓުން ކުރާ ހަރަދު އެތައް ގުނައެއް ކުޑަވާނެކަމަށްވެސް އިގްބާލް ވިދާޅުވިއެވެ. މީގެއިތުން ކިރިޔާވެސް ކުރަންޖެހޭ ހަރަދެއް ނޫނިއްޔާ ނުކުރާކަމަށްވެސް އިގްބާލު ވިދާޅުވިއެވެ.