
އެރަށުގައި ބޭއްވި ރަސްމިއްޔާތެެއްގައި މި މަސައްކަތް ފައްޓަވާދެއްވީ ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުالله މުއްތަލިބާއި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގް ކޮމްޕެނީ (އެމްޓީސީސީ)ގެ މެނޭޖިން ޑިރެކްޓަރު ޑީ.ސީ.ޕީ (ރިޓަޔާޑް) އަހުމަދު ސައުދީއެވެ.
ފިޔޯރީ ބަނދަރު ހެދުމުގެ މަޝްރޫއުގެ ދަށުން އެރަށުގެ ނެރާއި ފަޅު ފުންކުރުމުގެ އިތުރުން އެއްގަމު ތޮށި އޮންނަ ސަރަޙައްދު ބޮޑުކުރަން ވަނީ ނިންމާފައެވެ. މި މަޝްރޫއުގެ އަގަކީ 38.91 މިލިއަން ރުފިޔާއެވެ.
ފިޔޯރީ ބަނދަރު ހަދާ ސަރަހައްދު
މި މަޝްރޫއުގެ ދަށުނ،ް 35,184 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ އާ ބަނދަރު ފުންކުރުމާއ،ި ބަނދަރަށް ވަންނަ 28,872 ކިއުބިކް މީޓަރުގެ ސަރަހައްދުގެ ނެރު ފުންކުރާނެކަަމަށް އެމްޓީސީސީން ބުނެއެވެ. އަދި 11 މީޓަރު ދިގު 11 މީޓަރު ފުޅާ ރޭމްޕެއް ހެދުމާއ،ި 2901 އަކަ މީޓަރުގެ ސަރަހައްދެއްގެ ބެކްފިލް ކުރުމާއ،ި 82 މީޓަރުގެ ސަރަހައްދެއްގައި ޖިއޯބޭގް ރިވެޓްމެންޓް ޖެހުމާއ،ި 137 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުން މި މަޝްރޫއުގައި ހިމެނެއެވެ.
މީގެއިތުރުން 260 މީޓަރުގެ ސަރަ ހައްދެއްގައި އެއްގަމުތޮށި ލުމާއ،ި 17 މަގު ބައްތި ހަރުކުރުމާއ،ި 4 ނެރު ބައްތި ހަރުކުރުމާއ،ި 66 މޫރިން ރިންގްސް ހަރުކުރުމުގެ މަސައްކަތް ހިމެނޭކަމަށް މި މަސައްކަތް ކުރާ އެމްޓީސީސީން ބުނެއެވެ.