ads
ވީއައިއޭގެ 59 ވަނަ އަހަރީ ދުވަސް: ކުރިއަށް އޮތް އަހަރު ހިދުމަތްތައް އިތުރަށް ތަރައްގީވާނެ
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް: ރާއްޖޭގެ ފަތުރުވެރިކަމުގެ ދޮރާށި
ރާއްޖޭގެ ބައިނަލްއަގުވާމީ ދޮރާށި ކަމުގައިވާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ވަނީ 59 އަހަރުގެ ތާރީހެއް ފުރިހަމަކޮށްފައެވެ.
Advertisement

ހުޅުލޭގައި ގާއިމުކޮށްފައިވާ މި އެއާޕޯޓަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ލޭނާރު ކަމުގައި ވީނަމަވެސް، ކުރިއަށް އޮތް އަހަރުތަކުގައި މި އެއާޕޯޓް އިތުރަށް ތަރައްގީވެގެންދާނެ ކަމަށް އެއާޕޯޓް ހިންގާ އެމްއޭސީއެލްގެ ސީއީއޯ އިބްރާހީމް ޝަރީފް ވަނީ ވިދާޅުވެފައެވެ. 

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ފުރަތަމަ ހުޅުވިފައިވަނީ 1960 ވަނަ އަހަރުގެ އޮކްޓޯބަރު 19 ގައި "ހުޅުލޭ އެއާޕޯޓް" ގެ ނަމުގައެވެ. ކުޑަކުޑަ ދަގަނޑު ޝީޓުން ހަދާފައިވާ ރަންވޭއަކާއެކު ފެށުނު މި އެއާޕޯޓަކީ ރާއްޖޭގެ ދެވަނަ ރައީސް އިބްރާހީމް ނާސިރުގެ ނަމަށް ނިސްބަތްކޮށް 2011 ގައި "އިބްރާހީމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް" އަދި 2017 ގެ ޖަނަވަރީ 1 އިން ފެށިގެން "ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް" ގެ ނަމަށް ބަދަލުކުރެވުނެވެ. މިހާރު މި އެއާޕޯޓުގައި 3,400 މީޓަރުގެ އާ ރަންވޭއެއް ގާއިމުކޮށްފައިވާއިރު، ބޮޑެތި މަތިންދާބޯޓުތައް ފަސޭހައިން ޖެއްސޭނެ ވަސީލަތްތައް ހުރެއެވެ.

your imageވީއައިއޭގައި ފްލައިޓެއް

އެމްއޭސީއެލްގެ 59 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން މިއަދު ދިދަ ނެގުމުގެ ރަސްމިއްޔާތެއް ބާއްވާފައިވާއިރު، 59 ފޫޓުގެ ކޭކެއް ފަޅައި، އެކުވެރިކަމުގެ ހިނގާލުމެއްވެސް ބާއްވައިފައެވެ. ޝަރީފް ވިދާޅުވީ ކުރިއަށް އޮތް އަހަރަކީ އެއާޕޯޓުގެ ހިދުމަތްތައް ވަރަށް ބޮޑަށް ތަރައްގީވާނެ އަހަރެއް ކަމަށާއި، ސްޓޭކްހޯލްޑަރުންނާއި ފަސިންޖަރުން އުފާވާ ފަދަ ހިދުމަތްތަކެއް ދިނުމަށް މަސައްކަތްކުރަން ޖެހޭކަމަށެވެ. ޝަރީފް ވަނީ އެއާޕޯޓުގެ ތަރައްގީއަށް ސަރުކާރުން، ހާއްސަކޮށް ރައީސް ޑރ. މުހައްމަދު މުއިއްޒު ދެއްވާ އަހަންމިއްޔަތަށް ޝުކުރު އަދާކުރައްވައިފައެވެ. މީގެ އިތުރުން ކުރިއަށް އޮތް ދުވަސްތަކުގައި މުވައްޒަފުންނަށް ހާއްސަ ގާލާ ނައިޓަކާއި ހޭންޑްބޯލް މުބާރާތެއްވެސް ބާއްވާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަކީ މިހާރު ދުނިޔޭގެ 41 އަކަށްވުރެ ގިނަ މަންޒިލުތަކާ ގުޅާލެވިފައިވާ ބައިނަލްއަގުވާމީ އެއާޕޯޓެކެވެ. 35 އަކަށްވުރެ ގިނަ އިންޓަނޭޝަނަލް އެއާލައިންތަކުން މި އެއާޕޯޓަށް ދަތުރުކުރާއިރު، އެމިރޭޓްސް، ގަތަރު އެއާވޭސް، ސިންގަޕޯރު އެއާލައިންސް، ޓާކިޝް އެއާލައިންސް، އަދި އިންޑިގޯ ފަދަ ބޮޑެތި އެއާލައިންތައް ހިމެނެއެވެ. 2019 ގައި ރާއްޖެއަށް 1.7 މިލިއަން ޓޫރިސްޓުން ޒިޔާރަތްކޮށްފައިވާއިރު، ކޮވިޑް-19 ގެ ބަލިމަޑުކަމަށްފަހު، ފަތުރުވެރިކަން އަނެއްކާވެސް ކުރިއަރަމުން އަންނަނީ މި އެއާޕޯޓް މެދުވެރިކޮށެވެ. މިއަހަރު ސަރުކާރުގެ އަމާޒަކީ 2 މިލއަނަށްވުރެ ގިނަ ޓޫރިސްޓުން ގެނައުމެވެ. 

your imageވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގައި އާ ފަޔަރ ސްޓޭޝަނެއް ހުޅުވުން

މިހާރު ކުރިއަށްދާ އެއާޕޯޓުގެ ތަރައްގީގެ މަޝްރޫއުތަކުގެ ތެރޭގައި އާ ރަންވޭ، ފިއުލް ފާމް، އަދި ހައިޑްރަންޓް ސިސްޓަމް ހިމެނެއެވެ. މީގެ އިތުރުން ޓެކްސީވޭ ޗާލީ އަލުން އިމާރާތްކުރުމުގެ މަސައްކަތްވެސް ކުރިޔަށް ދާކަމަށް އިއުލާންކޮށްފައިވެއެވެ. މިހުރިހާ މަޝްރޫއުތަކެއްގެ އަމާޒަކީ އަހަރަކު 7 މިލިއަން ފަސިންޖަރުންނަށް ހިދުމަތްދިނުމުގެ ގާބިލުކަން އެއާޕޯޓަށް ހޯދައިދިނުމެވެ.

your imageވީއައިއޭގައި ފްލައިޓުތަކެއް: ފުރަތަމަ ހަަތަރު މަހު ބައިނަލްއަގުވާމީ އެއާލައިންތަކުން ކުރި ދަތުރުތައް ވަނީ އިތުރުވެފައި - ފޮޓޯ:ވީއައިއޭ

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަކީ ސީޕްލޭން ހިދުމަތަށް ފާހަގަކުރެވޭ އެއާޕޯޓެކެވެ. ދުނިޔޭގެ އެންމެ ބޮޑު ސީޕްލޭން ފްލީޓް ހިންގާ މި ވޯޓާޑްރޯމްގައި ހަތަރު ވޯޓާ ރަންވޭ ހިމެނެއެވެ. 

މީގެއިތުރުން ކުރިއަށް އޮތް ތަރައްގީގެ މަޝްރޫއުތަކުގެ ސަބަބުން ފަސިންޖަރުންނަށް ހިދުމަތް ދިނުމުގެ ފެންވަރު އިތުރަށް ރަނގަޅުވާނެ ކަމަށް އެމްއޭސީއެލްއިން ބުނެފައިވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް