
މިރޭ ބޭއްވި ގައުމީ މަޖިލީހުގައި ބައިވެރިވި 73 މެމްބަރުންގެ ތެރެއިން 71 މެމްބަރުން ވަނީ އަންނަ އޮގަސްޓް 15ގެ ކުރިން ގައުމީ މަޖލިސް ބާއްވަން ފެންނަކަމަށް ވޯޓްދީފައެވެ.
ގައުމީ މަޖިލީޙުގެ ޖަލްސާ ބާއްވާނެ ސީދާ ތާރީހެެއް މިރޭ ނިންމާފައެއް ނުވެއެެވެ. ގައުމީ މަޖިލީހުގެ މި ނިންމުމާއި އެކު ކޮންގްރެސް ބާއްވާެ ދުވަހެއް ނިންންމާނީ ޕާޓީގެ ލީޑާޝިޕުންކަމަށް ބެލެވެ.
ކޮންގްރެސް ބޭއްވުމުގެ އިންތިޒާމުތައް ހަމަޖައްސަން ކޮމިޓީއެއްވެސް މިރޭގެ ގައުމީ މަޖިލިސް ޖަލްސާގައި ވަނީ އެކުލަވާލާފައެވެ.
އެމްޑީޕީގެ އަސާސީ ގަވައިދު ބުނާގޮތުން އެ ޕާޓީގެ ކޮންގްރެސް ބާއްވަނީ ފަސް އަހަރުން އެއް ފަހަރެވެ. އަދި އާދަޔާހިލާފު ކޮންގްރެސްއެއް ބާއްވަން ގައުމީ މަޖިލީހުން ފާސްކުރަން ޖެހޭކަމަށްވެސް އަސާސީ ގަވައިދުގައެވެއެވެ.
އިދިކޮޅު އެމްޑީޕީން އެންމެ ފަހުން ކޮންގްރެސް ބޭއްވީ އޯގަސްޓު، 2022، ގަ އެވެ.