ads
އެމްޑީޕީގެ ވެރިކަމުގައި ސަރުކާރުގެ ކާރެއްގައި އިންޑިޔާ އައުޓް ޖަހާފައި
މިނިސްޓަރުންގެ ކާރުގައި އިންޑިއާ އައުޓް ޖެހި މީހާ، އެހެން މައްސަލައެއްގައި ހައްޔަރު
މިނިސްޓަރުންގެ ކާރުކޮޅުގައި "އިންޑިއާ އައުޓް" ޖެހި މައްސަލައިގައި ކުރިން ހައްޔަރުކޮށްފައިވާ މީހަކު، ވައްކަމުގެ މައްސަލައެއްގައި އަނެއްކާވެސް ހައްޔަރުކޮށްފިއެވެ.
Advertisement

އެމްޑީޕީގެ ސަރުކާރު އޮތް ދުވަސްވަރު، ތިން ވަޒީރެއްގެ ކާރުގައި އިންޑިއާ އައުޓް ޖެހި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ، ތ. ގުރައިދޫ ޗަބޭލީގެ ހުސައިން ރިޝްފާޒުއެވެ. އޭނާއަކީ ކުރިން ބަނގުރަލުގެ މައްސަލައެއްގައިވެސް ހައްޔަރު ކުރި މީހެކެވެ.

ވަޒީރުންގެ ކާރަށް ސްޕްރޭ ކުރި މައްސަލައިގައި އޭނާގެ މައްޗަށް އޭރު ތުހުމަތު ކުރެވުނީ، މުދަލަށް ގެއްލުން ދިނުމުގެ ތުހުމަތެވެ. އެ މައްސަލައިގައި އޭނާގެ މައްޗަށް ދައުވާކޮށް އަދަބެއް ލިބުނު ކަމެއް ސާފެއް ނުވެއެވެ.

މި ފަހަރު އޭނާ ވައްކަމުގެ މައްސަލައެއްގައި ހައްޔަރުކޮށްފައިވާއިރު، އެ ވައްކަމުގެ ތަފްސީލެއްވެސް ލިބިފައެއް ނުވެއެވެ. އެހެންނަމަވެސް އޭނާ ކޯޓަށް ހާޒިރުކުރުމުން، 10 ދުވަހަށް އޭނާ ބަންދުކޮށް ބެހެއްޓުމަށް ކޯޓުންވަނީ އަމުރުކޮށްފައެވެ.

2022 ވަނަ އަހަރުގެ ތެރޭގައި ރިޝްފާޒު ހައްޔަރުކޮށްފައިވަނީ އޭރުގެ ރެކޯޑްތައް ދައްކާ ގޮތުން ވެލާނާގެ ޕާކިން ޒޯނުގައި ޕާކުކޮށްފައި ވަނިކޮށް ތިން މިނިސްޓަރެއްގެ ކާރުކޮޅަށް "އިންޑިއާ އައުޓް" ސްޕްރޭ ކޮށްގެނެވެ.

"އިންޑިއާ އައުޓް" ސްޕްރޭ ކޮށްފައިވަނީ އޭރުގެ އެޑިޔުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ އާއި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލްގެ އިތުރުން ފިޝަރީޒް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަންގެ ކާރުކޮޅުގައެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ކުރިމަތީ އޮންނަ ޕާކިން ޒޯންގައި ބާއްވާފައި އޮތް ކާރަކަށް ވެސް އެ ދުވަސްވަރު "އިންޑިއާ އައުޓް" ސްޕްރޭކޮށްފައިވެއެވެ.

އިންޑިޔާ އައުޓް ކެމްޕެއިނަކީ މިހާރު ވެރިކަން ކުރަމުން އަންނަ ޕީއެންސީ، އަދި މިހާރު އުވާލާފައިވާ ޕީޕީއެމް އިދިކޮޅުގައި ތިބިއިރު ހިންގި ވަރުގަދަ ކެމްޕެއިނެކެވެ. އެ ކެމްޕެއިން އޭރު ލީޑު ކުރެއްވި ގިނަ ބޭފުޅުން މިހާރު ތިއްބެވީ ސަރުކާރުގެ އެންމެ މަތީގައެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒަކީވެސް އިންޑިޔާ އައުޓް ކެމްޕެއިންގެ އިސް އެއް ލީޑަރެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް