ads
މަކުނުދޫ ރައްޔިތުން ފަލަސްތީނުގެ ހާލަތު ދައްކައި ދެނީ
މަކުނުދޫ ރައްޔިތުން ފަލަސްތީނާއެކު ތިބިކަން ދައްކާނީ ތަފާތުކޮށް
މަކުނުދޫ ރައްޔިތުން ފަލަސްތީނާއެކު ތިބިކަން މުޅިން ތަފާތުކޮށް ދައްކާލައިފިއެވެ.
Advertisement

ފަލަސްތީނާއި އެކު ތިބިކަން ދައްކާދިނުމަށް އާއްމުކޮށް ބާއްވަމުން އަންނަ ހިނގާލުމުގެ ބަދަލުގައި މަކުނުދީ ރައްޔިތުން ދައްކާ ދިނީ ފަލަސްތީނު ރައްޔިތުންގެ ހާލަތާއި އެމީހުން އުފުލަމުންދާ ވޭނާ ހިތްދަތިކަމެވެ. 

your imageމަކުނުދޫ ރައްޔިތުން ފަލަސްތީނާއި އެކު ތިބިކަން ދައްކާދެނީ. ފޮޓޯ: އަދްހަމް

އިސްރާ އެސޯސިއޭޝަނާއި މަކުނުދޫ ރައްޔިތުން ގުޅިގެން އެރަށުގައި އިއްޔެ ބޭއްވި ހަރަކާތައް ދީފައިވަނީވެސް މުޅިން ތަފާތު ނަމަކެވެ. ދެން ނުފެނިދާނެ މި ނަމުގައި ކުރިޔަށް ގެންދިޔަ މި ހަރަކާތުގައި ރަށުގެ ގިނަ އަދަދެއްގެ ބަޔަކު ވަނީ ބައިވެރިވެފައެވެ.

your imageމަކުނުދޫ ރައްޔިތުން ފަލަސްތީނާއި އެކު ތިބިކަން ދައްކާދެނީ. ފޮޓޯ: ކްލިކް ބައި ސިޑޭ

އިއްޔެ އެރަށު އަތިރިމަތީގައި ބޭއްވި މި ހަރަކާތުގައި ފަލަސްތީން އޮތްގޮތް ހަމަ ލޮލަލަށް ފެނިގެން ދިޔަ ކަހަލައެވެ. ދައްކުވައިދިނީ  އިޒްރާއީލުގެ ލާ އިންސާނީ ހަމަލާތަކުގައި ފުނޑުފުނޑުވެފައިވާ ފަލަސްތީނު ރައްޔިތުންގެ ބޯހިޔާވަހިކަމެވެ. ވެއްޓިފައިވާ އިމާރާތްތަކާއި ބޯހިޔާވަހިކަން ނެތި މަގުމަތިވެފައިވާ ދުވަސްވީ މީހުންނާއި ކުޑަކުދިންނެވެ، ފަލަސްތީނު ރައްޔިތުން ތަހައްމަލުކުރަމުންދާ ބިރުވެރިކަމާއި ނިކަމެތިކަންކަން ވަރަށް އަސަރާއި އެކު ވަނީ ދައްކުވާދީފައެވެ. 

your imageމަކުނުދޫ ރައްޔިތުން ފަލަސްތީނާއި އެކު ތިބިކަން ދައްކާދެނީ. ފޮޓޯ: ކްލިކް ބައި ސިޑޭ

ފުނޑުފުނޑުވެފައިވާ އިމާރާތްތަކުގެ ކައިރީގައި ހާލުގައި ޖެހިފައިވާ ކުދިންނާއި އެކި ޒަހަމްތަކުން ފުރިފައިވާ އެކިއ ުމުރުގެ މީހުން ތިބި މަމްޒަރާއި އެކު އިޒްރާއިލްގެ ހަމަލާތަކުގައި ޝަހީދުވި ފަލަސްތީނުގެ ރައްޔިތުންގެ މަހާނަތައްވެސް ސިފަވާހެން ވަނީ ދައްކާލަފައެވެ. 

your imageމަކުނުދޫ ރައްޔިތުން ފަލަސްތީނާއި އެކު ތިބިކަން ދައްކާދެނީ. ފޮޓޯ: ކްލިކް ބައި ސިޑޭ

ބިންމަތީގައި ފަލަސްތީނުގެ ޗާޓު ކުރަހާފައި އެތަނުގައި މަހާނަތައް ހަދާ ދައްކާލާފައިވަނީ ފަލަސްތީނުގެ ރައްޔިތުންނާއި އެގައުމު ދުނިޔެއިން ފޮހެލުމަށް ޔަހޫދީން ކުރާ މަސައްކަތް ސިފަކޮށްދިނުމެވެ. 

your imageމަކުނުދޫ ރައްޔިތުން ފަލަސްތީނާއި އެކު ތިބިކަން ދައްކާދެނީ. ފޮޓޯ: ކްލިކް ބައި ސިޑޭ

މި ހަރަކާތް އިންތިޒާމު ކުރި ފަރާތްތަކުން ވަނީ ފަލަސްތީނަށް އެހީވުމަށް ބޮއިކުރަން ޖެހޭ ސާމާނުތައްވެސް ދައްކާލާފައެވެ. އަދި ފަލަސްތީނަށް އެހީވުމަށް ފައިސާ ހޯދުމުގެ ހަރަކާތެއްވެސް ހިންގާފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް