ads
ރ އަތޮޅުގައި ޕާސްޕޯޓާއި އައިޑީކާޑްގެ ހިދުމަތް ފަށަނީ
ރާއްޖެއިން ބޭރުގައި އައިޑީކާޑު ހެއްދޭނެ އިންތިޒާމު ހަމަޖައްސަނީ
ރާއްޖެއިން ބޭރުގައި ދިވެހިންނަށް އައިޑީކާޑް ހެދޭން އިންތިޒާމު ހަމަޖައްސަމުން އަންނަކަމަށް ހޯމް މިނިސްޓްރީން ބުނެފިއެވެ.
Advertisement

ރާއްޖޭގެ މީހުން އުޅޭ ހުރިހާ ރަށެއްގައި މިއަހަރުގެ ތެރޭގައި އައިޑީކާދް ހެދޭނެ އިންތިޒާމު ހަމަޖެއްސުމުގެ މަސައްކަތް ސަރުކާވަނީ ފަށާފައެވެ. އެގޮތުން މިހާރު ބައެއް ރަށްތަކުގައި ހިދުމަތް އަންނަނީ ދެމެންނެވެ. 

ހޯމް މިނިސްޓްރީން ބުނީ އާއްމުކޮށް ދިވެހިން ގޮސްއުޅޭ ބައެއް ޤައުމުތަކުގައިވެސް މި ހިދުމަތް ފެށުމަށް ޑީއެންއާރުން ދަނީ ތައްޔާރުވަމުންކަމަށެވެ. އެގޮތުން މެލޭޝިއާއާއި، ސްރީލަންކާއާއި، އިންޑިއާގެ އިތުރުން އިނގިރޭސިވިލާތުގައި މި ހިދުމަތް ފެށުމަށް ތައްޔާރުވަމުން އަންނަކަމަށް ހޯމް މިނިސްޓްރީން ބުނެއެވެ. 

މިމަހުގެ ތެރޭގައި އިތުރު ހަތަރު ރަށެއްގައި އައިޑީކާށް ޕްރިންޓް ކުރުމުގެ ހިދުމަތް ފެށުމަށް ޑިޕާޓްމަންޓް އޮފް ނެޝަނަލް ރަޖިސްޓްރޭޝަނުން ވަނީ ނިންމާފައެވެ.

އައިޑީކާޑު ޕްރިންޓްކުރުމުގެ ޚިދުމަތް ފަށަން ނިންމާފައި ވަނީ މ.މުލީ، ށ.ފުނަދޫ، ށ.މިލަންދޫ އަދި ނ.ވެލިދޫގައެވެ.

15 ރަށެއްގައި އައިޑީ ކާޑު ޕްރިންޓު ކުރުމުގެ ޚިދުމަތް މިހާރުވެސް ދަނީ ދެމުންނެވެ.

މާލެއިން އެކަނި ލިބޭ އައިޑީކާޑާއި ޕާސްޕޯޓް ހެދުމުގެ ޚިދުމަތް ލާމަރުކަޒީ ނިޒާމުގެ ތެރެއިން ރައްޔިތުންނާއި ގާތުން ދެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވައުދުފުޅެކެވެ.

މިއަހަރު ނިމުމުގެ ކުރިން ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް އައިޑީކާޑު ޕްރިންޓުކުރެވޭނެ އިންތިޒާމު ހަމަޖެއްސުމަކީ ސަރުކާރުން ކަނޑައަޅާފައިވާ އަމާޒެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް