ads
ޑޮލަރު
ޑޮލަރު މާރުކުރުމުގައި މަކަރުހެދި މީހަކު ދިއްގަރު ޕޮލިސް ސްޓޭޝަނަށް ހާޒިރުވުމަށް އަންގައިފި
ޑޮލަރު މާރުކުރަން ކަމަށް ބުނެ އެކި ފަހަރު މަތިން ގިނަ އަދަދެއްގެ ފައިސާ ނަގާފައިވާ މައްސަލައެއްގައި ތުހުމަތުކުރެވޭ ހ. ހަވިއްތަ އަލީ އާޒިމް (43 އަހަރު) މި މަހުގެ 20 ވަނަ ދުވަހުގެ މެންދުރު ފަހު 1:00 އަށް މ. ދިއްގަރު ޕޮލިސް ސްޓޭޝަނަށް ހާޒިރުވުމަށް ފުލުހުން އަންގައިފިއެވެ.
Advertisement

ފުލުހުން ބުނީ އަލީ އާޒިމް އަކީ މ. ދިއްގަރު ޕޮލިސް ސްޓޭޝަނުން ތަހުގީގު ކުރަމުންދާ މަކަރާއި ހީލަތުން ޑޮލަރު މާރުކުރަން ކަމަށް ބުނެ ގިނަ އަދަދެއްގެ ފައިސާ ހޯދާފައިވާ މައްސަލައެއްގެ ތަހުގީގަށް ހާޒިރުކުރަން ބޭނުންވާ ފަރާތެއް ކަމަށެވެ. އަލީ އާޒިމް އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާތީ، ޖިނާއި މައްސަލަތައް ތަހުގީގުކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގައިވާ ގޮތުގެމަތިން ތަހުގީގަށް ހާޒިރުވުމަށް އަންގައި އިއުލާނުކޮށްފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.

ފުލުހުން އިތުރަށް ބުނީ މި މައްސަލައިގައި އަލީ އާޒިމް ހާޒިރުކުރަނީ މައްސަލައިގެ ތަހުގީގަށް ތުހުމަތުގައި ސުވާލުކުރުމަށް ކަމަށެވެ. މި މައްސަލައިގައި އަލީ އާޒިމް ޑޮލަރު މާރުކޮށްދޭނެ ކަމަށް ބުނެ އެކި ފަހަރު މަތިން ގިނަ އަދަދެއްގެ ފައިސާ ނަގާފައިވާ ކަމަށް ތުހުމަތުކުރެވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް