ads
ކަނދުފަތި ފޮޓޯ: ފިޝަރިޒް މިނިސްޓްރީ
ކަނދުފަތި އެޅުމުގެ މަސައްކަތް ހަލުވިކޮށް ކުރިއަށް: 5 ދުވަހުގެ ތެރޭގައި 4 ކަނދުފަތި
މަސްވެރިކަމާ ބެހޭ މިނިސްޓްރީން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ކަނދުފަތި އެޅުމުގެ މަސައްކަތް ހަލުވިކަމާއެކު އެބަކުރިއަށް ގެންދެއެވެ.
Advertisement

އެގޮތުން ފާއިތުވީ 5 ދުވަހުގެ ތެރޭގައި ރާއްޖޭގެ 4 ސަރަހައްދެއްގައި 4 ކަނދުފަތި އަޅާފައިވާކަމަށް މިނިސްޓްރީން މައުލޫމާތު ދީފިއެވެ. މި ކަނދުފަތިތަކުގެ ތެރޭގައި ކަޅުބިލަމަހުގެ މަސްވެރިކަމަށް ހާއްސަކޮށް އަޅާފައިވާ ދޮށީ ކަނދުފައްޗާއި، ސްޕޯޓްސް ފިޝިންއަށް އަޅާފައިވާ ވަދު ކަނދުފަތި ހިމެނެއެވެ.

މިނިސްޓްރީން ބުނީ މިމަހުގެ 9 ވަނަ ދުވަހު ކ. ގާފަރުގެ އިރުން 13.5 މޭލު ބޭރުގައި ދޮށީ ކަނދުފަތި އަޅާފައިވާއިރު، 10 ވަނަ ދުވަހު ނ. މާފަރުގެ އިރުން 9.5 މޭލު ބޭރުގައި ދޮށީ ކަނދުފައްޗެއް އަޅާފައިވާ ކަމަށެވެ. އަދި 12 ވަނަ ދުވަހު ށ. ނަލަންދޫ ކައިރީގައި ވަދު ކަނދުފަތި އަޅާފައިވާއިރު، 13 ވަނަ ދުވަހު ހދ. ކުޅުދުއްފުށީ އިރު ދެކުނުން 15.5 މޭލު ބޭރުގައި ދޮށީ ކަނދުފަތި އަޅާފައިވާ ކަމަށް މިނިސްޓްރީން ހާމަކޮށްފައިވެއެވެ. ކަނދުފަތިތަކަކީ އޮއެވާލުގައި މަސް އަޅާ އުސޫލުން މަސައްކަތްކުރާ އެއްޗެއް ކަމަށާއި، ކަނދުފަތީގައި އަޅާ ހިޔަނީގެ ސަބަބުން މަސް ކަނދުފަތީގެ ގާތަށް ޖަމާވެ، މަސްވެރިކަން ތިޔާގިވެގެންދާ ކަމަށް މިނިސްޓްރީން ބުނެފައިވެއެވެ.

ރާއްޖޭގައި މިވަގުތު ހުރީ ކަނދުފަތި ގާއިމުކުރާ އެންމެ ސެންޓަރެއް ކަމަށާއި، އެއީ ހުޅުމާލޭގައި ހުންނަ ތަނެއް ކަމަށް މިނިސްޓްރީން ބުނެފައިވެއެވެ. ނަމަވެސް މިކަމަށް އޮތް ޑިމާންޑްގެ ބޮޑުކަމުން، މި ސަރުކާރުން އުތުރުން ށ. ފުނަދޫގައި އަދި ދެކުނުން އައްޑޫގައި ކަނދުފަތި ގާއިމުކުރާ ސެންޓަރުތައް އެޅުމަށް މަސައްކަތް ކުރަމުންދާ ކަމަށް މިނިސްޓްރީން ބުނެފައިވެއެވެ. ވަދު ކަނދުފަތިތަކާއެކު ރާއްޖޭގައި މަސްވެރިކަންކުރުމަށް އަންނަ ޓޫރިސްޓުންނަށް އާ ފުރުސަތުތަކެއް ހުޅުވި، މިމަސައްކަތުގައި ހަރަކާތްތެރިވާ ޒުވާނުންނަށް މަސްވެރިކަމުގެ ދާއިރާއިން އާމްދަނީ ހޯދުމުގެ އާ ދޮރެއް ހުޅުވިގެންދާނެކަމަށް މިނިސްޓްރީން ބުނެފައިވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް