
އެ ހިދުމަތުން ބުނީ މިއަދު މެންދުރުފަހު ހުޅުމާލެ ފޭސް އެކެެއްގައި ފުލުހުންގެ ތަމްރީނުތަކެއް ކުރިޔަށް ގެންދަން ނިންމާފައިވާކަމަށެވެ.
ފުުލުހުން ބުނީ އެއީ އޮޕަރޭޝަނަލް ޓްރެއިނިންގ އެކްސަސައިޒެއް ކަމަށާއި މިކަން ކުރިޔަށްދާނީ މެންދުރު 2 އިން ފެށިގެން ހަވީރު 05:00 ކަމަށެވެ. މި ތަމްރީނުގައި ފުލުހުންގެ ސްޕެޝަލިސްޓް ރެސްޕޮންސް ޓީމްތައް ބައިވެރިވާނެކަމަށާއި މީ އޮޕަރޭޝަނަލް ތައްޔާރީތަކާއި ކޯޑިނޭޝަން އިތުރުކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން ބާއްވާ ތަމްރީނުތަކެއްކަމަށެވެ.
އެހެންކަމުން މި ތަމްރީނުތައް ހިނގަމުންދާ ވަގުތުގައި ރައްޔިތުން ވިސްނާ ފުލުހުންނަށް އެއްބާރުލުން ދިނުމަށް ދިވެހި ފުލުހުންގެ ހިދުމަތުން ވަނީ އިލްތިމާސްކޮށްފައެވެ. އަދި ތަމްރީނުގެ ވަގުތުގައި ފެންނަ މަންޒަރުތަކާއި ހަރަކާތްތަކަށް ކަންބޮޑުނުވުމަށްވެސް ފުލުހުން ވަނީ އެދިފައެވެ. އަދީ މީ ރާވައިގެން ކުރާކަންތައްތަކެއް ކަމަށްވެސް ފުލުހުން ބުނެއެވެ.
އެކަމު ފުލުހުން ބާއްވާ ތަމްރީނުތަކެއް ތަފްސީލެއް ނުބުނެއެވެ.