
ދާންދޫގައި ލައިސަންސު ދޫކުރަން ފެށުން: ފޮޓޯ ޓްރާންސްޕޯޓް
ގދ. ދާންދޫގައި ޑްރައިވިން ލައިސަންސް ދޫކުރުމުގެ ހިދުމަތް ފަށައިފި
ގުފްތަގް އަޖީރު
13 އޭޕްރީލް 2025 - 15:11:28
ގދ. ދާންދޫގައި ޑްރައިވިން ލައިސަންސް ދޫކުރުމުގެ ހިދުމަތް ފަށައިފިއެވެ.
ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަނުން މިކަން އިއުލާންކޮށް ބުނީ އެ ރަށުގައި ޑްރައިވިން ލައިސަންސް ޓްރެކް ހުޅުވާލައިފައިވާ ކަމަށެވެ. މި ހިދުމަތާއެކު ދާންދޫއިން 'އޭ' ކެޓަގަރީގެ ޑްރައިވިން ލައިސަންސް ކާޑު ދޫކުރުމުގެ ހިދުމަތް ވެސް ފޯރުކޮށްދެވޭނެއެވެ.
ޓްރާންސްޕޯޓް މިނިސްޓްރީން ފާހަގަކުރި ގޮތުގައި އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް މިހާރު ރާއްޖޭގެ 39 ރަށެއްގެ ކައުންސިލް މެދުވެރިކޮށް ނެގުމުގެ އިންތިޒާމު ހަމަޖައްސާފައިވެއެވެ. މީގެ ކުރިން ލައިސަންސް ދޫކުރުމުގެ ހިދުމަތް ފެށި ރަށްތަކުގެ ތެރޭގައި ހއ. މޮޅަދޫ، ހއ. އިހަވަންދޫ، ބ. ކެންދޫ، ހއ. ކެލާ، ތ. ވިލުފުށި، ރ. ހުޅުދުއްފާރު، ރ. ދަރަނބޫދޫ، ގދ. ގައްދޫ، މ. ދިއްގަރު އަދި ވ. އަތޮޅު ކައުންސިލް ހިމެނެއެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް