ads
ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު -- ފޮޓޯ: ރައީސް އޮފީސް
އާމްދަނީ އިތުރު، އެކަމަކު ދައުލަތުގެ ހަރަދުތައްވެސް ވީ އިތުރު
ދައުލަތަށް ލިބޭ އާމްދަނީއަށް ވުރެ ހަރަދުތައް އިތުރުވެފައިވާ ކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
Advertisement

ފިނޭންސް މިނިސްޓްރީގެ ހިސާބުތަކުން ދައްކާގޮތުން މިދިޔަ މަހުގެ  20ގެ ނިޔަލަށް ކުރި ހަރަދު ވަނީ މިދިޔަ އަހަރުގެ އެމުއްދަތާއި އަޅާބަލާއިރު އިތުރުވެފައެވެ. އެގޮތުން މިދިޔަ އަހަރު 6.7 ބިލިއަން ރުފިޔާއިން ރިކަންޓް ހަރަދަށް އަރާއިރު މި އަހަރު އެ އަދަދު ވަނީ 7.1 ބިލިއަން ރުފިޔާއަށް މަތިވެފައެވެ. 

ރިކަރަންޓް ހަރަދު އިތުރުވެފައިވަނީ ސަރުކާރު ހިންގުމާއި މުސަރައާއި އިނާޔަތްތަކަށް ކުރި ހަރަދު އިތުރުވުމުންނެވެ. 

20 މާރިޗުގެ ނިޔަލަށް ދައުލަތުގެ ބަޖެޓުން މުސާރައާއި އިނާޔަތްތަކަށް ޖުމްލަ 2.62 ބިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފައިވެއެވެ. އެއީ މިދިޔަ އަހަރުގެ މި މުއްދަތަށް ވުރެ 404 މިލިއަން އިތުރު އަދަދެކެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި މުސާރައާއި އިނާޔަތަށް ހޭދަވީ 2.22 ބިލިއަނެވެ. މުސާރައަށް އެކަނި ދިޔަ ހަރަދުވެސް ވަނީ 147 މިލިއަން ރުފިޔާއިން އިތުރުވެފައެވެ.

ހިންގުމާއި އެޑްމިނިސްޓްރޭޓިވް ހަރަދުތައްވެސް ވަނީ އިތުރުވެފައެވެ. މި އަހަރުގެ މިދިޔަ މަހުގެ 20 ގެ ނިޔަލަށް ސަރުކާރު ހިންގުމަށް 4.56 ބިލިއަން ރުފިޔާ ވަނީ ހޭދަވެފައެވެ. މިދިޔަ އަހަރު މި މުއްދަތުގައި ހަރަދުކުރީ 4.38 ބިލިއަން ރުފިޔާއެެވެ.

މިދިޔަ އަހަރުގެ މި މުއްދަތަށްވުރެ މި އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީ ވަނީ އިތުރުވެފައެވެ. އެގޮތުން މިިދިޔަ އަހަރުގެ މާރިޗު 20ގެ ނިޔަލަށް ލިބުނު އާމްދަނީއަށް އަޅާކިޔާއިރު މި އަހަރުގެ އެ މުއްދަތުގައި ދައުލަތުގެ އާމްދަނީއަށް ލިބުނު އަދަދު ވަނީ 841 މިލިއަން ރުފިޔާ އިތުރުވެފައެވެ.  

މިދިޔަ މަހުގެ 20 ވަނަ ދުވަހުގެ ނިޔަަލަށް ދައުލަތަށް ލިބުނު އާމްދަނީއަކީ 8.8 ބިލިއަން ރުފިޔާއެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނީ 7.9 ބިލިއަން ރުފިޔާއެވެ. 

މީގެއިތުރުން މި އަހަރުގެ މާރިޗް 20ގެ ނިޔަލަށް ކުރި ހަރަދު ވަނީ މިދިޔަ އަހަރުގެ އެ މުއްދަތަށް ވުރެ ބޮޑު ތަނުން ކުޑަކޮށްފައެވެ. އެގޮތުން މި އަހަރު 1 ބިލިއަން ރުފިޔާ ވަނީ ކުޑަވެފައެވެ. މުޅި ޖުމްލަ ހަރަދުތައް ކުޑަވެފައިވަނީ ވަނީ ކެޕިޓަލް ހަރަދުތައް ކުޑަކޮށްފައިވުމުންނެވެ. އެގޮތުން މަޝްރޫއުތައް ހިންގަމުން އަންނަ ކެޕިޓަލް ހަރަދު މިދިޔަ އަހަރު ހުރި 2.2 ބިލިއަން ރުފިޔާއިން 554 މިލިއަން ރުފިޔާއަށް ވަނީ ކުޑަކޮށްފައެވެ.

 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް