
މިސައިލް ފޮނުވާ ވައްތަރު މިސައިލް ބޯޓެއް ރާއްޖެއަށް ހަދިޔާކުރަން ނިންމާފައިވާކަން ތުރުކީގެ އަސްކަރިއްޔާއިން ބުނެފިއެވެ. ތުރުކީން ރާއްޖެއަށް ހަދިޔާ ކުރަނީ، ޑޯގަން-ކްލާސްގެ މިސައިލުން ހަމަލާދިނުމުގެ ގާބިލްކަން ލިބިފައިވާ އުޅަނދެއް ކަމުގައިވާ ޓީސީޖީ ވޮލްކަން (ޕީ-343) މަނަވަރެކެވެ. އެ މަނަވަރު ހަދިޔާ ކުރުމަށް އިޝާރާތް ކުރައްވައި، ކުރީގެ ޕީޖީ ވިދާޅުވީ، ތުރުކީވިލާތުން ވެދުން ކުރުމުން ދައްކުވައިދެނީ ރައީސް ޑރ. ގެ ހާރިޖީ ސިޔާސަތުގެ ފުރިހަމަކަން ކަމަށެވެ.
ތުރުކީން ރާއްޖެއަށް ހަދިޔާ ކުރާ މަނަވަރު އަންނަ ޖުލައި މަހު ރާއްޖެ އަންނާނެކަމަށް ތުރުކީން ބުނެއެވެ. އަދި މި މަނަވަރު ބޭނުންކުރުމަށް ދިވެހި ސިފައިން ތަމްރީނުވަމުން އަންނަކަމަށާއި މި ތަމްރީނުތައް އަންނަ މަހު ނިމޭނެކަމަށްވެސް ތުރުކީން ވަނީ ބުނެފައެވެ. ދިވެހި ސިފައިން ތަމްރީނުތައް ހަދަމުން އަންނަނީ ތުރުކީގެ ނޭވަލް ފޯސަސް ކޮމާންޑުގައެވެ.
މި މަނަވަރު ރާއްޖެ ގެނައުމުގެ ކުރިން އިސްތަންބޫލްގައި ހުންނަ އެ ގައުމުގެ ކަނޑުގެ ސިފައިންގެ ބޯޓްޔާޑެއްގައި މަރާމާތު ކުރާނެކަމަށް ވަނީ ބުނެފައެވެ. އަދި ބޯޓު ރާއްޖެ ގެންނާނީ ކަނޑު މަގުން ޑޮކް ލޭންޑިން ބޯޓެއް މެދުވެރިކޮށްކަމަށްވެސް ތުރުކީން ބުނެއެވެ.
މީގެ އިތުރުން އެ މަނަވަރާ އެކު ތުރުކީ ކަނޑުގެ ސިފައިންގެ ޓީމެއް ރާއްޖެ އައިސް އެ ބޯޓުގައި ހިމެނޭ މިސައިލް ނިޒާމާއި އެހެނިހެން ވެސް އަސްކަރީ ނިޒާމްތައް އެކްޓިވޭޓް ކުރުމަށް ހަމަޖެހިފައިވާކަމަށްވެސް ތުރުކީ އަސްކަރިއްޔާއިން ވަނީ ބުނެފައެވެ. އަދި އެއަށްފަހު އެއަށް ފަހު މަނަވަރު ބޭނުން ކުރާނޭ ގޮތުގެ ދެ ހަފްތާގެ ތަމްރީނެއް ދިވެހި ސިފައިންގެ ތެރެއިން ބޯޓަށް ހާއްސަކޮށްފައިވާ ކްރޫއަށް ކުރިއަށް ގެންދާނެކަމަށް ވެސް ތުރުކީން ބުނެއެވެ.