ads
ދިވެހި ލިޔުންތެރިޔާ އަދި ދިވެހި އަދަބިއްޔަތަށާއި ނޫސްވެރިކަމަށް ގިނަ ހިދުމަތްތަކެއް ކޮށްދެއްވި މަޑުލު މުހައްމަދު ވަހީދު
މަޑުލު ވަހީދު އަވަހާރަވެއްޖެ
ދިވެހި ބަހާއި އަދަބިއްޔާތާއި ނޫސްވެރިކަމަށް ގިނަ ގުނަ ހިދުމަތްތަކެއް ކުރައްވާފައިވާ, މަޑުލު މުހައްމަދު ވަހީދު މިއަދު އަވަހާރަވެއްޖެ އެވެ.
Advertisement

އުމުރުން 77 އަހަރުގައި މަޑުލު މުހައްމަދު ވަހީދު އަވަހާރަވީ އައިޖީއެމްއެޗްގެ އައިސީޔޫގައި ފަރުވާ ދެމުންދަނިކޮށެވެ. މައުލޫމާތު ލިބިފައިވާގޮތުގައި މަޑުލު މުހައްމަދު ވަހީދު އަވަހާރަވީ ވަރަށް ގިނަ ދުވަހު އާލާސްކަންފުޅާ އުޅުއްވުމަށްފަހުގަ އެވެ.

ރާއްޖޭގައި ދިވެހި ބަހާއި އަދަބިއްޔާގެ ދާއިރާ އިން އެންމެ ފާހަގަކޮށްލެވޭ ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ މަޑުލު ވަހީދށް ދިވެހި އަދަބިއްޔާތުގެ ދާއިރާއިން، ދިވެހިބަހުގެ ލިޔުންތެރިކަން ކުރިއެރުވުމުގެ ރޮނގުން 2019 ގައި ޝަރަފުވެރިކަމުގެ ގައުމީ އިނާމު ލިބިވަޑައިގެންފައިވެ އެވެ. އަދި ދިވެހި ބަހުގެ ލިޔުންތެރިކަމުގެ ރޮނގުން 1985 ގައި އާންމު ހިދުމަތުގެ ހިތްވަރު ދިނުމުގެ އިނާމު ވެސް ލިބިވަޑައިގެންފައިވެ އެވެ.

މީގެ އިތުރުން ކުރު ވާހަކަ ލިޔުމުގެ ރޮނގުން 1997 ގައި އާންމު ހިދުމަތުގެ ހިތްވަރު ދިނުމުގެ އިނާމާއި 2019 ގައި ނޫސްވެރިކަމުގެ ޝަރަފުވެރިކަމުގެ އަލިމަސް ގަލަން ވެސް ލިބިވަޑައިގެންފައިވެ އެވެ.

މަޑުލު މުހައްމަދު ވަހީދަކީ ދައުލަތުގެ މީޑިއާ އެންމެ ފުރަތަމަ ޑިރެކްޓަރުންގެ ބޯޑުގެ ޗެއާމަން ވެސްމެ އެވެ. އަދި އެންމެފަހުން އަދާކުރެއްވީ ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާގެ މުޝީރުކަމުގެ މަގާމެވެ. 


0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް