މި ބިލު ދިރާސާކުރަނީ ރައްޔިތުންގެ މަޖިލީހުން ސަލާމަތީ ހިދުމަތްތަކަށް ބެހޭ ކޮމިޓީ (241) ކޮމިޓީންނެވެ. އެ ކޮމެޓީގައި މި ބިލު އޮންނަތާ އަހަރެއް ވާން މިވަނީ ކައިރިވެފައެވެ.
ކޮމެޓީގެ މިއަދު ހެދުނުގެ ބައްދަލުވުމުގެ ބޮޑު ބައެއް ކުރިއަށް ގެންދިޔައީ ސިއްރުކޮށްގެނެވެ. އެ ބައްދަލުވުން ނިންމާލަމުން ރިޔާސަތުގައި އިންނެވި އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް ވިދާޅުވީ މިއަދި ޕާސްޕޯޓް މަނާކުރުމާއި މެދު ގޮތެއް ނިންމާނެކަމަށެވެ. މެންދުރަށް ކޮމެޓީ ބާއްވަނީ ނިންމުމުގެ ކުރިން އެކަމުގައި ބަންޑާރަ ނައިބުގެ ހިޔާލެއް ބޭނުންވާތީ މަޝްވަރާކުރުމަށްކަމަށެވެ.
ބިލާ މެދު ގޮތެއް ނުނިންމައި ލަސްކުރަމުންދާތީ ސަރުކާރަށާއި މަޖިލީހަށް އާންމުންގެ ފާޑުކިޔުން އަމާޒުވެފައިވެ އެވެ.