ads
ވައްކަން ކުރި މީހާ ބޮލަށް ކުލަ ފާޓާ އޮއްސާލާފައި
ވައްކަން ކުރި މީހެއްގެ ބޮލަށް ކުލަ ފާޓާއެއް އޮއްސާލައިފި
ވައްކަން ކުރި މީހެއްގެ ބޮލަށް ކުލަ ފާޓާއެއް އޮއްސާލައިފިއެވެ.
Advertisement

މި ހާދިސާ ހިނގާފައިވަނީ ކ. މާފުށީގައިއެވެ. 

ވައްކަން ކުރި މީހާގެ ބޮލަށް ކުލަ ފާޓާ އޮއްސާލާތަން ފެންނަ ވީޑިއޯ އަންނަނީ ދައުރުވަމުންނެވެ. 

ވީޑިއޯއިން ފެންނަނީވައްކަން ކުރި މީހާ މަގުމައްޗަށް އެ މީހާ ނެރެ އޭނާ ލައްވައި، އަމިއްލަ ގައިގައި ކުލަ ހާކުވާ ތަނެވެ. އެމީހާ ގައިގައި އަމިއްލަ އަށް ކުލަ ހާކަމުންދަނިކޮށް ކުލަ ފާޓާ އޭނާގެ ބޮލަށް އަޅާލާތަން ފެނެއެވެ. އެއަށްފަހު އެމީހާގެ ބޮލާއި މުޅި މޫނުގައި ކުލަ ހާކަތަންވެސް އެވީޑިއޯ އިން ފެނެއެވެ. 

ވައްކަން ކުރި ކަމަށް ބުނާ މިހާ ބޮލަށް ކުލަ ފާޓާ އޮއްސާލުމުން އޭނާ އެ ކުލަތައް ސާފުކުރަން މަސައްކަތް ކުރާ މަމްނަޒުވެސް އާއްމުވި ވީޑިއޯއިން ފެނެއެވެ. އެގޮތުން އެމީހާ މޫދު ކައިރީގައި އިނދެގެން ގައިން ކުލަ ފިލުވަން ވަރަށް މަސައްކަތް ކުރެއެވެ.

ވައްކަން ކުރިކަމަށް ބުނާ މީހާ ވަނީ މިހާރު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. ވީޑިއޯތަކުން ފެންނަ ގޮތުގައި ފުލުހުން އެމީހާ ގެންދިޔައީ އޭނާގަޔަށް ކުލަ އެޅި މީހުން އެތާ ތިއްބައެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް