ads
ސައުދީ ފަންޑުގެ އެހީގައި އަޅާ 400 ހައުސިން ޔުނިޓް އިފްތިތާހުކުރުމުގެ ތެރެއިން
ސައުދީ ފަންޑުގެ އެހީގައި އަޅާ 400 ހައުސިން ޔުނިޓް އިފްތިތާހުކޮށްފި
ސައުދީ ޑިވެލޮޕްމަންޓު ފަންޑުގެ އެހީގެ ދަށުން ހުޅުމާލޭގައި ގާއިމްކުރާ 400 ހައުސިން ޔުނިޓު މަޝްރޫއު އިފުތިތާހުކޮށްފިއެވެ.
Advertisement

މި މަޝްރޫއު އިފްތިތާހު ކޮސްދެވީ މިހާރު ރާއްޖެ ވަޑައިގެން އުޅުއްވާ ސައޫދީ ފަންޑް ފޯ ޑިވެލޮޕްމަންޓުގެ ޗީފް އެގްޒެކެޓިވް އޮފިސާ ސުލްތާން ބިން އަބްދުއްރަހްމާން އަލް މުރްޝިދްއެވެ. 

މި 400 ހައުސިން ޔުނިޓް އެޅުމަށް ނިންމާފައިވަނީ ހުޅުމާލެ ދެވަނަ ދިޔަވަހީގައެވެ. މީ ސައޫދީ ފަންޑުން 25 މިލިޔަން ޑޮލަރުގެ ލޯނުގެ އެހީގައި ކުރިޔަށް ގެންދާ މަޝްރޫއެކެވެ.

ހައުސިން މަޝްރޫއު އފްތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވީ މި މަޝްރޫއު ވެގެންދާނީ ދެމެހެއްޓެނިވި ގޮތެއްގައި ގެންދެވޭ މަޝްރޫޢުއަކަށްކަމަށެވެ. އެގޮތުން މި މަޝްރޫއުގެ ސަބަބުން ތޮއްޖެހެމުންދާ މާލޭގެ އާބާދީއަށްވެސް ލުއިލިބޭނެކަމަށާއި އެކަށީގެންވާ އިމާރާތެއްގައި އަގުހެޔޮކޮށް ފޯރުކޮށްދެވޭ ބޯހިޔާވަހިކަމަކަށް ވާނެކަމަށް ޒަމީރު ވިދާޅުވިއެވެ. 

your imageސައުދީ ފަންޑުގެ އެހީގައި އަޅާ 400 ހައުސިން ޔުނިޓް އިފްތިތާހުކުރުމުގެ ތެރެއިން 

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ސައުދީ ފަންޑުގެ ސީއީއޯ ސުލްތާން ބިން އަބްދުއްރަހްމާން އަލް މުރްޝިދް ވިދާޅުވީ 17 ލޯނު އެހީއެއް މެދުވެރިކޮށް 40 މަޝްރޫޢުއަކަށް އެހީ މިހާތަނަށް ރާއްޖެއަށް ދީފައިއވާކަމަށެވެ. އެއީ 488 މިލިއަން ޑޮލަރުގެ އެހީކަމަށާއި އޭގެތެރޭގައި ބޯހިޔާވަހިކަމާއި ދަތުރުފަތުރުފަތުރާއި ފެން ނަރުދަމާގެ އިތުރުން ތަޢުލީމާ ސިއްހީ ދާއިރާގެ މަޝްރޫއުތައް ހިމެނޭކަމަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް