ads
މަޖިލީހުގެ 241 ކޮމެޓީގެ ބައްދަލުވުމުގެ ތެރެއިން
ހަަމަލާތައް ހުއްޓާލަންދެން އިޒްރާއީލް ޕާސްޕޯޓް މަނާ ކުރަން ކޮމެޓީން ފާސްކޮށްފި
އިޒްރޭލް ޕާސްޕޯޓުގައި އަންނަ މީހުންނަށް ރާއްޖެ އެތެރެވުން މަނާ ކުރުމަށް މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީން ދެންމެ ފާސްކޮށްފިއެވެ.
Advertisement

އެ ކޮމެޓީން އިޒްރާއިލް ޕާސްޕޯޓް މަނާކުރަން ނިންމީ ފަލަސްތީނަށް ދެމުންދާ ހަމަލާތައް ހުއްޓެންދެނެވެ. 

ފަލަސްތީނުގެ ދަރިފަސްކޮޅު ނައްތާލުމަށް އިޒްރޭލުން ހިންގަމުންދާ ގަތުލުއާންމާ ދެކޮޅު ހެދުމުގެ ގޮތުން އެގައުމުގެ ރައްޔިތުން ރާއްޖެ ވަނުން މަނާކުރަން މަޖިލިހަށް ހުށައެޅީ އިދިކޮޅު އެމްޑީޕީގެ ފަރާތުން ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް ނަސީމްއެވެ. މި ބިލާއި މެދު ކޮމެޓީން ގޮތެއް ނިންމާފައި މިވަނީ މި ބިލް ހުށައެޅިތާ އަހަރެއް ވާން ގާތްވެފައި ވަނިކޮށެވެ. 

މި ބިލް ދިރާސާކޮށް ކޮމެޓީން ނިންމާފައިވަނީ  ފލަސްތީނު ރައްޔިތުންނަށް އަމާޒުކޮށް އިޒްރާއީލްގެ ޔަހޫދީން 7 އޮކްޓޫބަރު 2023 ގައި ފެށި ހަމަލާތައް ހުއްޓާލަންދެން އިޒްރާއިލް ޕާސްޕޯޓް މަނާކުރާށެވެ. މިގޮތަށް ކޮމެޓީއަށް ހުށައެޅީ ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދުއެވެ. އެ ހުށަހެޅުމަށް ތާއީދުކުރެއްވީ ވިލިމާލެ ދާއިރާގެ މެންބަރު މުހައްމަދު އިސްމާއިލްއެވެ.

މި ހުށައެޅުން ފާސްކުރީ ކޮމިޓީގެ ބައްދަލުވުމުގައި ބައިވެރިވި މެންބަރުންގެ އިއްތިފާގުންނެވެ. 

އެހެންނަމަވެސް އޭގެ ތެރޭގައި އެހެން ގައުމެއްގެ ޕާސްޕޯޓް އޮންނަ އިޒްރޭލު މީހުން ނުހިމެނޭކަމަށް ވަނީ ހިމަނާފައެވެ. އަދި އިޒްރޭލްގެ ޑުއަލް ސިޓިޒަންޝިޕް އޮންނަ މީހުންނަށް ވެސް ރާއްޖެ އެތެރެ ނުވެވޭ ގޮތަށް ބިލުގައި އޮތް ނަމަވެސް އެ ނިންމުންވެސް ވަނީ ބަދަލުކޮށްފައެވެ. އެގޮތަށް އޮތް އޮތުން އެއީ ތަންފީޒު ކުރެވޭނެ ކަމެއް ނޫން ކަމަށް އިމިގްރޭޝަނުން ވަނީ ބުނެފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް