ފުލުހުން ބުނީ މި އެކްސިޑެންޓު ހިނގިކަމުގެ ރިޕޯޓް ލިބުނީ ހަވީރު 5:53 ހާއިރު ކަމަށެވެ.
އެ އެކްސިޑެންޓުގައި އަނިޔާވީ ސައިކަލު ދުއްވި މީހާ އާއި އޭގައި އިން ހަ އަހަރުގެ ފިރިހެން ކުއްޖަކަށެވެ. އޭގެ ތެރެއިން ކުޑަ ކުއްޖާއަށް ޓްރީޓޮޕް ހޮސްޕިޓަލުގައި ދަނީ ފަރުވާދެމުންނެެވެ.
ލިބުނު އަނިޔާތަކުގެ ތަފްސީލެއް ފުލުހުން ނުދެ އެވެ. އެކަމަކު އެ އެކްސިޑެންޓުގެ މައްސަލަ ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.