އިސްލާމިކް މިނިސްޓްރީން ބުނީ މި ސްކޮލާތައް ހުޅުވާލީ ދިވެހިރާއްޖޭގެ ޒަކާތު ފަންޑުން މަތީ ތަޢުލީމަށް އެހީދިނުމުގެ އުސޫލުގެ ދަށުންކަމަށެވެ. އަދި ސްކޮލާތަކުގައި ރާއްޖެއާއި ރާއްޖެއިން ބޭރުން މަތީ ތައުލީމު ހާސިލްކުރުމަށް ފުރުސަތު ލިބޭނެކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ.
މި ސްކޮލާޝިޕްގެ ފުރުސަތުތަކަކީ އިސްލާމީ ދާއިރާތަކުން މީހުން ބިނާކުރުމަށް ހުޅުވާލެވުނު ފުރުސަތުތަކެއްކަމަށްވެސް މިނިސްޓްރީން ބުނެއެވެ.
މި 50 ފުރުސަތުގެ ތެރޭގައި ހިމެނެނީ ރާއްޖޭގައި ކިޔަވަން ހުޅުވާލީ 20 ފުރުސަތަކާއި ރާއްޖެއިން ބޭރުން ކިޔަވަން ހުޅުވާލި 30 ފުރުސަތަކެވެ. ރާއްޖެއިން ބޭރަށް ހުޅުވާލާފައިވާ 30 ފުރުސަތުގެ ތެރެއިން 13 ފުރުސަތަކީ މަތީ ތަޢުލީމު ހާސިލްކުރުމަށްދޭ ހާއްސަ ސްކޮލާޝިޕްތަކެއްކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ.
ރާއްޖެއިން ފުރުސަތު ހުޅުވާލެވުނީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާސިޓީން އަދި ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވާސިޓީގެ މާސްޓާސް ކޯސްތަކަކަށެވެ.
ރާއްޖޭގައި ކިޔަވަން ސްކޮލާޝިޕް ދެވޭ ދާއިރާތައް:
ރާއްޖެއިން ބޭރުން ކިޔެވުމަށް 30 ފުރުސަތު ހުޅުވާލެވިފައިވަނީ މެލޭޝިއާ، ބުރުނާއީ ސައުދީ އަރބިއްޔާ، މިސްރު އަދި ސާކް ޤައުމުތަކުންނެވެ.
މެލޭޝިއާ އަދި ބުރުނާއީން 17 ފުރުސަތު ހުޅުވާލެވިފައިވަނީ އިންޓާނޭޝަނަލް އިސްލާމިކް ޔުނިވާސިޓީ މެލޭޝިޔާ، ޔުނިވާސިޓީ ސައިންސް އިސްލާމް މެލޭޝިއާ، އިންޓާނޭޝަނަލް ސެންޓާ ފޯ އެޑިއުކޭޝަން އިން އިސްލާމިކް ފައިނޭންސް އަދި ޔުނިވާސިޓީ ބުރުނާއީ ދާރުއްސަލާމުން އިންކަމަށް މިނިސްޓްރީން ބުނެއެވެ.
މެލޭޝިއާ އަދި ބުރުނާއީން ޑިގްރީގެ 2 ފުރުސަތު، މާސްޓާސްގެ 6 ފުރުސަތު އަދި ޕީ.އެޗް.ޑީ 9 ފުރުސަތު ހުޅުވާލާފައިވާކަމަށްްވެސް މިނިސްޓްރީން ވަނީ ބުނެފައެވެ.
މެލޭޝިއާ އަދި ބުރުނާއީގައި ކިޔަވަން ސްކޮލާޝިޕް ދެވޭ ދާއިރާތައް:
މީގެ އިތުރުން 13 ހާއްސަ ސްކޮލާޝިޕްގެ ފުރުސަތުވެސް ވަނީ ހުޅުވާލާފައެވެ. މި ފުރުސަތުތައް ހުޅުވާލާފައިވަނީ ސާކްގެ ޤައުމުތަކުން، މިސްރުގެ ޔުނިވާސިޓީ ތެރެއިން އަލް-އަޒްހަރު ޔުނިވާސިޓީ އަދި ސައުދީ އަރަބިއްޔާގެ މަދީނާ ޔުނިވާސިޓީ، ޤަސީމް ޔުނިވާސިޓީ، އުއްމުލްގުރާ ޔުނިވާސިޓީ، އަބްހާ ޔުނިވާސިޓީ، ކިންގް އަބްދުލްއަޒީޒް ޔުނިވާސިޓީން ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ.