ads
ޕެންޝަން އޮފީސް--
ޖަމުއިއްޔާތަކުން ހިންގާ އިޖުތިމާއީ ހަރަކާތްތަކަށް ޕެންޝަން އޮފީހުން އެއް އަހަރުގެ ފަންޑު
ޕެންޝަން އޮފީހުން އިޖުތިމާއީ މަޝްރޫއުތަކާއި ހަރަކާތްތަކަށް ސީއެސްއާރު ގްރާންޓް ޕްރޮގްރާމެއް ތައާރަފުކޮށް، އެއް އަހަރު ދުވަހުގެ މުއްދަތަށް ފަންޑިންގ ދިނުމަށް ނިންމައިފިއެވެ.
Advertisement

"ދެމެހެއްޓެނިވި އަދި އެކުލެވޭ މުޖުތަމައުތަކެއް ބިނާކުރުން" މި ޝިއާރުގެ ދަށުން ތައާރަފުކޮށްފައިވާ މި ޕްރޮގްރާމްގެ މަގުސަދަކީ ވިލުންތެރި އަދި އެންމެން ޝާމިލުވާ މުޖުތަމައެއް ބިނާކުރުމަށް ބޭނުންވާ ތަފާތު ދާއިރާތަކުން މާލީ އެހީތެރިކަން ފޯރުކޮށްދީ، އެފަދަ ހަރަކާތްތައް ކުރިއަށް ގެންދިޔުމަށް ހިތްވަރުދިނުން ކަމަށް ޕެންޝަން އޮފީހުން ބުނެއެވެ. 

މި ޕްރޮގްރާމްގެ ދަށުން އަމިއްލަ ޖަމުއިއްޔާ ޖަމާއަތްތަކާއި، ތައުލީމާއި ތަމްރީނުދޭ ފަރާތްތަކުން ދުޅަހެޔޮކަމާއި ވިލުންތެރިކަން އިތުރުކުރުމަށް ހިންގާ ޕްރޮގްރާމުތަކާއި، މާލީ ހޭލުންތެރިކަން އިތުރުކުރުމަށް ހިންގާ ޕްރޮގްރާމްތަކަށް އެހީ ދިނުމަށް ހަމަޖެހިފައިވެއެވެ. ކޮންމެ މަޝްރޫއަކަށް ގިނަވެގެން 200,000 ރުފިޔާއަށް ވުރެ އިތުރުނުވާ ގޮތަށް ފަންޑުކުރާނެ ކަމަށް ޕެންޝަން އޮފީހުން ބުނެއެވެ. އެޕްލިކޭޝަންތައް ވަޒަންކުރުމުގައި ޖަމްޢިއްޔާގެ ގާބިލުކަން، މަޝްރޫޢު ވުޖޫދަށް ގެނެވޭނެކަމާއި ދެމެހެއްޓެނިވިކަން، އިޖްތިމާޢީ ގޮތުން، އިގްތިސާދީ ގޮތުން ނުވަތަ ތިމާވެށްޓަށް ކޮށްފާނެ އަސަރު އަދި ބަޖެޓު، ޕްލޭންކުރުން އަދި ވަސީލަތްތައް ބެހުމަށް ބަލާނެއެވެ.

މި ޕްރޮގްރާމަށް އެދި ހުށަހަޅަން ބޭނުންވާ ފަރާތްތަކުން އެޕްލިކޭޝަން ފޯމު ފުރިހަމަކޮށް، ބޭނުންވާ އެހެނިހެން ލިޔެކިޔުންތަކާއެކު، ކަމާ ގުޅުންހުރި ލިންކަށް ފޮނުވަންޖެހޭނެއެވެ. އެޕްލިކޭޝަން ހުށަހެޅުމުގެ އެންމެ ފަހު ސުންގަޑިއަކީ އަންނަ މަހުގެ 15 ވަނަ ދުވަހުގެ ހަވީރު 16:00 ކަމަށް ޕެންޝަން އޮފީހުން ބުނެފައިވެއެވެ. އިތުރު މައުލޫމާތު ޕެންޝަން އޮފީހުގެ އީމެއިލްއާއި ވެބްސައިޓް މެދުވެރިކޮށް ލިބެން ހުންނާނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް