
މި ހާއްސަ ރަސްމިއްޔާތުގައި މިފްކޯ، ގައުމީ ކުތުބުހާނާ، ފެނަކަ ކޯޕަރޭޝަން އަދި ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން މިނިސްޓްރީއާއެކު ވެމްކޯއިން ވަނީ އެއްބަސްވުންތަކުގައި ސޮއިކޮށްފައެވެ.
ވެމްކޯގެ "ހޮބާ" ހިދުމަތަކީ ސަރުކާރުގެ ކުންފުނިތަކާއި، އޮފީސްތަކާއި އިދާރާތަކުގެ އިތުރުން ދައުލަތުގެ ބެލުމުގެ ދަށުގައި ހުރި އެހެނިހެން ތަންތަނަށް އަމާޒުކޮށްގެން ދޭން ފެށި ހިދުމަތެކެވެ. މި ހިދުމަތް ވެމްކޯއިން ފަށާފައިވަނީ މިދިޔަ އަހަރުގެ ޖުލައި މަހުގެ 27 ވަނަ ދުވަހުއެވެ. އެންމެ ފުރަތަމަ މި ހިދުމަތް ހޯދަން ފެށި ފަރާތްތަކުގެ ތެރޭގައި ހ. މުރައިދޫގެ، ހައްޖު ކޯޕަރޭޝަން، ބަންޑާރަ ނައިބުގެ އޮފީސް އަދި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް ހިމެނެއެވެ.
ވެމްކޯއިން މި ހިދުމަތް ދެނީ، މިމަސައްކަތުގެ ތަމްރީނު ލިބިފައިވާ މުވައްޒަފުންނެވެ. އަދި ހިދުމަތް ދޭ ދުވަސްތަކާއި އަގު ކަނޑައަޅަނީ ހިދުމަތް ހޯދާ ފަރާތްތަކުގެ ބޭނުންތަކަށް ރިޢާޔަތްކޮށެވެ. ވެމްކޯގެ އަމާޒަކީ ވީހާވެސް ގިނަ އިދާރާތަކަށް ހިދުމަތް ފުޅާކޮށް، ކުންފުނި ފައިދާވާ ކުންފުންޏަކަށް ހެދުން ކަމަށް ވެމްކޯއިން ބުނެއެވެ.